ads
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތް: ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 300 އަށް ވުރެ ގިނަ ސްކޮލާޝިޕް ވަނީ ދީފައި - ފޮޓޯ:ސީއެންއެމް
ސައުދީއިން ރާއްޖެއަށް 300 އަށް ވުރެ ގިނަ ސްކޮލާޝިޕް ދީފި
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 300 އަށް ވުރެ ގިނަ ސްކޮލާޝިޕް ދީފިއެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސައުދީ އަރަބިއްޔާގެ އެޑިޔުކޭޝަން މިނިސްޓްރީން 300 އަށް ވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތު ރާއްޖެއަށް ދިނުމަށް ފަހު، ރާއްޖޭގެ ދަރިވަރުންނަށް އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން ހަޔަ އެޑިޔުކޭޝަން މިނިސްޓްރީއަށް އަންގާފައި ކަމަށެވެ.

މި ސްކޮލާޝިޕްތަކުގެ ތެރޭގައި ކޮމްޕިއުޓާ ސައިންސް، އެގްރިކަލްޗާ، އެޑިއުކޭޝަނަލް ސްޕެޝަލިޓީޒް، އިސްލާމް އެންޑް އެރެބިކް ލެންގްއޭޖް، އިންޖިނިއަރިން، އިކޮނޮމީ، ޕޮލިޓިކްސް، ލޯ، ބިޒްނަސް މެނޭޖްމަންޓްގެ އިތުރުން މީޑިއާ ފަދަ ދާއިރާތަކުގެ ކޯސްތައް ހިމެނޭ ކަމަށް ހަޔާ އެޑިޔުކޭޝަނުން ބުނެއެވެ.

މި ސްކޮލާޝިޕް ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ހަޔާ އެޑިއުކޭޝަނުން ވަނީ ކޯހަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްތޯ އާއި ހޮވިފައިވާ ކޯހަކީ އެމްކިޔުއޭއިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރުކުރުމަށް އެދިފައެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޕްރޮޕެޝަނަލް ނުވަތަ ލައިސެންސިން ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން ކޯހަށް ފުރުމުގެ ކުރިން ކަމާ ބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް އެދޭ ކަމުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް