ads
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު-
ސިޔާސީ މަޤާމްތައް 700 އަށް ވުރެ ގިނަ ނުކުރާނެ
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސިޔާސީ މަޤާމްތައް 700އަށްވުރެ ގިނަ ނުކުރުމަށް ނިންމަފައިވާކަމަށް އެމަނިކުފަނުގެ އިންގިގާލީ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކާއި، ރައީސް އޮފީހާއި، ރައީސްގެ ގެކޮޅު އަދި ނައިބު ރައީސްގެ ގެކޮޅުގައި މަސައްކަތްކުރާ މުވައްޒަފުން ލައިގެން ޑރ. މުއިއްޒުގެ ވެރިކަމުގައި ސިޔާސީ މަޤާމްތައް 700އަށްވުރެ ގިނަ ނުވާނެ ކަމަށެވެ.

 އެމްޑީޕީގެ ވެރިކަމުގައި 1063 އަށްވުރެ ގިނަ ސިޔާސީ މަޤާމްތައް ވަނީ އުފައްދާފައެވެ.

ސިޔާސީ މަގާމުތައް އިތުރުކޮށް ސަރުކާރުގެ މަތިބަރު ނުކުރާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވެރިކަމަށް ވަޑައިގަންނަވަމުން ވިދާޅުވިއެވެ. 

ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގަ މަތި ބަރުކަމަށް ބުނެ ގިނަ ފާޑުކިއުންތަކެއް ވެސް އަމާޒުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް