ads
ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
ގަދަކަމުން ކުޑަކުއްޖަކާ ބެހުނު މީހަކު ހައްޔަރުކޮށްފި
ކުޑަކުއްޖަކާ މެދު ގަދަކަމުން ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޒުވާން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ދެކުނުގެ ރަށެއްގައި ހިނގި މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، ތިން ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ. 

މި މައްސަލައިގައި އޭނާ ތިން ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ، އޭނާއަށް ވަކީލެއްގެ ފުރުސަތު ބޭނުން ކަމަށް ބުނުމުންނެވެ. ބެލެވޭ ގޮތުގައި ތިން ދުވަހަށް ފަހު އަލުން ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރާނީ ވަކީލަކާއެކުއެވެ. 

މި މައްސަލައިގެ ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ވަނަވަރު ހަބަރުގައި ހިމަނާފައިނުވަނީ އަނިޔާ ލިބުނު ކަމަށް ބެލެވޭ ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް