ads
ގަލޮޅު ދެކުނު ދައިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް
ދަރިމައިނުވުމުގެ ސިއްހަތު އާސަންދައިން ދޭން ލަފާދޭން ފާސްކޮށްފި
ހުސްނުވާ އާސަންނަ ސްކީމް ހިންގުމުގެ ގަވާއިދަށް އިސްލާހުތައް ގެނެސް އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމުގެ ތެރޭގައި ދަރިމައި ނުވުމުގެ މައްސަލައަށް ދެވޭ ފަރުވާގެ ބާވަތްތައް ހިމަނަށް ސަރުކާރަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ދަރިމައިވުމުގެ ފަރުވާ އާސަންދައިން ހަރަދު ކުރަން ލަފާދިފި

މި ގަރާރު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމްއެވެ. 

އެ ގަރާރު ފާސްކުރީ 45 މެމްބަރުންގެ ވޯޓާއެކުއެވެ. 

ގަރާރުގަ ބުނެފައިވާގޮތުން ރަށްރަށުގައި ހުރި ސަރުކާރުގެ ހޮސްޕިޓަލްތަކުން ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމަށް ނިންމި ނިންމުން ވެސް ހިމެނެއެވެ.

"ރާއްޖޭގެ ދަރިމައިވުމުގެ ރޭޓް ދަށްވުމުގައި އިންފަޓިލިޓީ އާ ގުޅުންހުރި ސަބަބުތައް ހިމެނޭތޯ ބެލުމަށް ކަމާބެހޭ ވުޒާރާއިން އިސް ނަގައިގެން ގައުމީ ފެންވަރުގެ ދިރާސާއެއް ކުރަންޖެހޭ،"  ދަރިމައިވުމުގެ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް މީކާއިލް ފާހަގަކުރައްވަމުން ވިދާޅުވިއެވެ. 

ގާނޫނު އަސާސީގެ ދަށުންނާއި އަދި ސިއްހީ އިންޝުއަރެންސްގެ ނިޒާމުގެ ދަށުން ވެސް ދިވެހި ރައްޔިތުންނަށް ހަމަހަމަ ކަމާއެކު އަސާސީ ސިއްހީ ހިދުމަތް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް މީކާއިލް ވިދާޅުވިއެވެ. 

ރާއްޖޭގައި އުފަންވޭ ރޭޓު ވަރަށް ބޮޑަށް ދަށްވެ، ކުރިއަށް އޮތް ތަނުގައި އާބާދީ ދާނީ ދަށަށް ކަމަށް އެނެމް ފަހުން ނެގުނު ބޯހިމެނުމުގެ ރިޕޯޓުން ވަނީ ހާމަވެފައެވެ. 

ދިވެހި އަންހެނުން ދަރިން ހޯދާ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްވެފަ

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރަން އިއްޔެ ނެރުނު ރިޕޯޓުގައި ވާގޮތުން ދިވެހި އަންހެނުން ދަރިން ހޯދާ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ބޯހިމެނުން 2022 އިން ދައްކާ ގޮތުން އެވްރެޖްކޮށް ދިވެހި އަންހެނަކު އޭނާގެ ދަރިމައިވުމުގެ އުމުރުފުރާގައި ހޯދަނީ 1.7 ކުދިންނެވެ.

ކުރީގެ ބޯހިމެނުމާ އަޅައި ބަލާއިރު އެއީ ވަރަށް ބޮޑަށް ދަށް އަދަދެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން 1990 ގައި ދިވެހި އަންހެނަކު 6.4 ކުދިން ހޯދައެވެ. 2000 ގައި އެ އަދަދު 2.8 އަށް މަދުވެފައިވެއެވެ. 2006 ގައި 2.2 އަށް އަދި 2014 ގައި 2.5 އަށް އެރުމަށްފަހު 2022 ގައި ދިވެހި އަންހެނަކު ދަރިން ހޯދާ އަދަދު ވަނީ 1.7 އަށް މަދުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް