ads
އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން އާ ގުޅިގެން ހާއްސަ ލަކީޑްރޯއެއް ވަނީ ފަށާފައި - ފޮޓޯ:އުރީދޫ
އުރީދޫ ޕެރިސް ޓްރިޕް: ޕީއެސްޖީ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ހުޅުވާލައިފި
އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން ހާއްސަ ލަކީޑްރޯއެއް މިއަދު ފަށައިފިއެވެ.

އުރީދޫން ބުނީ މި ހާއްސަ ލަކީޑްރޯއަކީ މިއަދުން ފެށިގެން މި އަހަރުގެ ނިޔަލަށް އުރީދޫގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ލަކީޑްރޯއެއް ކަމަށެވެ. ޕެރިހަށްދާ ދަތުރުގެ ނަސީބުވެރި ފަރާތަށް ޕެރިހަށް ދިއުމުގެ ދެކޮޅު ޓިކެޓާއި ދެ ރެ އާއި ތިން ދުވަހަށް ފުލް ބޯޑާ އެކު އެކޮމޮޑޭޝަންގެ އިތުރުން ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގެ އުރީދޫ ވީއައިޕީ ލައުންޖުން އަންނަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެސްޖީ އާއި ލިޔޯން މެޗް ބެލުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

"އަޅުގަނޑުމެންގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރު ކަމަށްވާ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން، އަޅުގަނޑުމެންގެ އަގުހުރި ކަސްޓަމަރުންނަށް ޕެރިސްގައި ޕީއެސްޖީގެ މެޗެއް ބަލާލުމުގެ ފުރުސަތެއް ފަހި ކުރެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ހާއްސަ އޮފާއަކީ ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނަމޫނާ މިސާލެއް. އަޅުގަނޑުމެން ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ތަފާތު އެކި ފުރުސަތުތަކާ ގުޅުވާލަދިނުމަށް، އެގޮތުން ފުޓްބޯޅައަކީ ދިވެހިންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދާފައިވާ ކުޅިވަރަކަށް ވުމާ އެކު، މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތަށް މިއީ ވަރަށް ހާއްސަ ތަޖުރިބާއެއް ކުރެވިގެންދާނެ ދަތުރެއްކަން ޔަގީން. ކުރިއަށް އޮތް ތަނުގައިވެސް، އަޅުގަނޑުމެންގެ އިންޓަނޭޝަނަލް ޕާޓްނަޝިޕްތައް މެދުވެރިކޮށް މިފަދަ ފުރުސަތުތައް ފަހިކޮށް ދިނުމުގައި ދެމި ތިބޭނެކަމުގެ ޔަގީންކަން އަރުވަން،" - އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް

އުރީދޫން ބުނެފައިވަނީ ޕެރިހުގައި ޕީއެސްޖީ އާއި ލިޔޯން މެޗް ލައިވްކޮށް ބަލާލުމުގެ ނަސީބުވެރިޔަކަށްވުމުގެ ފުރުސަތު ވަނީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް ހުޅުވާލައިފައިވާ ކަމަށެވެ. ސުޕަނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއާ ފައިބާ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން އަޕްގްރޭޑް ކުރާ ފަރާތްތަކަށް މި ލަކީ ޑްރޯގެ ބައިވެރިއަކަށް އޮޓޮމެޓިކުން ވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އުރީދޫ މޯލްޑިވްސް އާ އަލަށް ގުޅިވަޑައިގަންނަވާ ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެ ކަމުގައެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ. މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. 

ޕީއެސްޖީ މެޗް ލައިވްކޮށް ޕެރިހުގައި ބަލާލުމަށް ހުޅުވާލާފައިވާ މި ލަކީ ޑްރޯ އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ore.do/paris އަށް ޒިޔާރަތް ކޮށްލާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް