ads
ރޭޕް
ރޭޕް ކޭސް: ބަލިވެއިންކަން އެނގުމުން ދަރިވައްޓާލަންވެސް މަސައްކަތްކުރި
ކުޑަ ކުއްޖަކާއެކު ގަދަ ކަމުން ޖިންސީ ގުޅުން ހިންގައި، އެ ކުއްޖާ ބަނޑުބޮޑުވުމުން ދަރިވައްޓާލަންވެސް މަސައްކަތްކޮށްފައިވާ ކަން، މި ފަހުން ފެންމަތިވި ރޭޕް ކޭސްއާ ގުޅުން ހުރި ރިޕޯޓަކުން އެނގިއްޖެއެވެ.

ދެކުނުގެ ރަށެއްގައި ހިނގި މި ހާދިސާއާ ގުޅިގެން ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި ދިވެހި ޒުވާން ފިރިހެނަކު ތަހުގީގަށް މިހާރު 30 ދުވަހަށް ބަންދުކޮށްފައިވާއިރު، މި ހާދިސާގައި ބަނޑު ބޮޑުވީ ސްކޫލް ކުއްޖެކެވެ.

އެ މައްސަލައާ ގުޅޭ ރިޕޯޓަކުން އެނގޭ ގޮތުގައި އެ ކުއްޖާ ބަލިވެއިންކަން އެނގުމުން، އެބޯޓް ކުރުމަށް އެ ކުއްޖާއަށް ބޭސްދޭންވެސް ފިރިހެން މީހާ މަސައްކަތް ކުރިއެވެ. އަދި އެ މައްސަލަ ހުށަނޭޅުމަށް އެ މީހާގެ ފަރާތުން އެ ކުއްޖާގެ އާއިލާގެ ބައެއް މީހުންނާ ވާހަކަ ދެއްކި ކަމަށްވެސް އެ ރިޕޯޓުން އެނގެއެވެ. ރިޕޯޓުން އެނގޭ ގޮތުގައި އެ މީހާ މަސައްކަތްކުރީ މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވާށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދިވެހި ފިރިހެން މީހާއަކީ ބަންދު ރެކޯޑް އޮންނަ މީހެކެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މި މައްސަލަ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ވަނަވަރު މި ރިޕޯޓުގައި ހިމަނާފައިނުވަނީ އަނިޔާ ލިބުނު ކުއްޖާގެ މަސްލަހަތު ރައްކާތެރިކުރުމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް