ads
ފޮޓޯ: އެމްޓީޔޫ
މާލޭގެ ކުލި ކޮންޓްރޯލްކުރާ ޕެޓިޝަނުގައި ސޮއުކުރަން ފަށައިފި
މާލޭގައި ކުއްޔައްއުޅޭ މީހުންގެ ފަރާތުން ކުލި ކޮންޓްރޯލް ކުރުމަށް އެދި ކުއްޔައް އުޅޭމީހުން ޕެޓިޝަނުގައި ސޮއިކުރަން ފަށައިފިއެވެ.
މާލޭގައި ކުއްޔައްއުޅޭ މީހުންގެ ފަރާތުން ކުލި ކޮންޓްރޯލް ކުރުމަށް އެދި ކުއްޔައް އުޅޭމީހުން ޕެޓިޝަނުގައި ސޮއިކުރަން ފަށައިފިއެވެ.

ސޮއިކުރުން މިވަގުތު ކުރިއަށް ދަނީ ކާނިވާ ސަރަހައްދުގައެވެ. އިރުއޮއްސި 6:00 ޖަހަންދެން ޕެޓިޝަނުގައި ސޮއިކުރުން މިއަދު ކުރިއަށްދާނެއެވެ.

މިގޮތުން މާލޭ ޓެނަންޓްސް ޔޫނިއަން، (އެމްޓީޔޫ) ގެ މުއައްސިސު ޝައިން ޔޫސުފް ސީއެންއެމްއަށް ވިދާޅުވީ ޕެޓިޝަނަށް ގިނަބައެއްގެ ތަރުހީބު ލިބެމުން އަންނަކަމަށެވެ. އަދި މި ޕެޓިޝަނުގައި ސޮއުކުރުން ސިލްސިލާކޮށް ކުރިއަށްދާނެކަަމަށް ވެސް އެ ޔޫނިއަނުން ބުނެއެވެ.

"މި މަސައްކަތްކުރަނީ ވީހާވެސް ގިނަބަޔަކު ޕެޓިޝަނުގައި ސޮއުކުރަން. ތަރުހީބު ވަރަށް ބޮޑު. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނައަދަދެއްގެ ބަޔަކު ސޮއިކޮށްފި،" ޝައިން ވިދަޅުވިއެވެ.

މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އުފައްދާފައި ވަނީ އޮކްޓޫބަރު މަސް ތެރޭގައެވެ.

އެމްޓީޔޫ އިން ބުނީ އެ ޖަމިއްޔާގެ މަގުސަދަކީ ޒަމާންތަކެއް ވަންދެން މާލޭގައި ކުއްޔަށް ދިރިއުޅެމުން އައި މީހުން ވޭނާއި ތުރާތައް ހިއްސާކުރަމުންދާތީ އެމީހުންގެ ކަންބޮޑުވުންތަކަށް ރަސްމީ ސިފައެއް ގެނެސްދިނުން ކަމަށެވެ.

އެމްޓީޔޫ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭގައި ކުއްޔަށް ދިރިއުޅޭ ކޮންމެ މީހަކަށްވެސް އެ ޖަމިއްޔާގައި ބައިވެރިވެ އެމީހުންގެ ވާހަކަތައް ހިއްސާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ހައްގުތައް ހިމާޔަތްކޮށް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ޖަމިއްޔާގެ މަގްސަދެއް ކަމަށް ބުންޏެވެ.

މީގެއިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ދިނުމަށް ރޭވިފައިވާކަން ފާހަގަކޮށް އެމްޓީޔޫ އިން ބުނީ އެއްގެއިން އަނެއް ގެއަށް ބަދަލުވާއިރު ދިމާވާ މައްސަލަތަކުގައި އެހީތެރިކަމާއި، ކޮންޓްރެކްޓް ހެދުމާއި، އަދި އެހެނިހެން މައްސަލަތަކުގައި ވަކީލުންގެ އެހީތެރިކަމާއި އަދި ހޯމް އިންޝުއަރެންސް ފަދަ ކަންކަން ހަދައިދޭން ރޭވިފައިވާ ކަމަށެވެ.

މާލޭގައި ދިރިއުޅޭ މީހުންގެ ހައްގުތައް ހިމާޔަތްކޮށް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މާލޭގެ ކުލި ކޮންޓްރޯލް ކުރުމަށް ބާރުއަޅާ ކެމްޕެއިނެއް ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް