ads
ވީއައިއޭގައި ފްލައިޓުތަކެއް: އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވަނީ ލިބިފައި - ފޮޓޯ:ވީއައިއޭ
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
Advertisement

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް

  • ޑިޕާޗާ ޓެކުހުގެ ގޮތުގައި 763.5 މިލިއަން ރުފިޔާ ލިބިފައިވޭ
  • 2022 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 628.3 މިލިއަން ރުފިޔާ

މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި،

  • 786.2 މިލިއަން ރުފިޔާ ވަނީ ލިބިފައި
  • 2022 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 640.6 މިލިއަން ރުފިޔާ

ތަފާސް ހިސާބުތައް ދައްކާގޮތުން މި ހިނގާ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އޭޑީއެފް އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ 24.5 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އޭޑީއެފް އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާއެވެ.
މި އަހަރު އޭޑީއެފްގެ ގޮތުގައި 870.6 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 870.6 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަމުން އައި ގޮތަށް ބަދަލު ގެނައުމުގެ އިތުރުން އެއާޕޯޓް ސާވިސް ޗާޖު އުވާލުމަށްފަހު ޑިޕާޗާ ޓެކްސް ނަގަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަަނަ ދުވަހުން ފެށިގެންނެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ދިވެހީންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގަމުން އައި ނަމަވެސް ގެނައި ބަދަލާ އެކު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކްސް ނަގަމުން ދަނީ އެ މީހަކު ދަތުރުކުރާ ކްލާހަކަށް ބެލުމަށް ފަހުގައެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސް ނަގަމުންދަނީ:

  • އިކޮނޮމީ ކްލާހުން ދަތުރުކުރާ - ދިވެހިންގެ އަތުން 12 ޑޮލަރު
  • އިކޮނޮމީ ކްލާހުން ދަތުރުކުރާ - ބިދޭސީންގެ އަތުން 30 ޑޮލަރު
  • ބިޒްނަސް ކްލާހުން ދަތުރުކުރާ - ދިވެހީންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު
  • ފަސްޓް ކްލާހުން ދަތުރުކުރާ - ދިވެހީންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު
  • ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ - ދިވެހީންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު

ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދިންގެ އަތުން ޑިޕާޗާ ޓެކުހެއް ނުނަގާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް