ads
ޑެބީ---
ޑެބީ މަޒާރް ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެއްޖެ
އެމެރިކާގެ މަޝްހޫރު އެކްޓަރެސް ޑެބީ މަޒާރް ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެއްޖެ އެވެ.

އިންސްޓަގުރާމު މެދުވެރިކޮށް ޑެބީ ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާކަން އަންގާފައިވާއިރު އޭނާ ބުނީ މީގެ މަހެއް ކުރިން އޭނާގެ މުޅި އާއިލާ ހުން އައިސް ބަލިކޮށް އުޅުނު ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެންމެން ރަނގަޅުވި ކަމަށް ޑެބީ ބުންޏެވެ. އަދި އެއީ މޫސުމާ ގުޅިގެން ދިމާވި ކަމެއް ކަމަށް އޭނާއަށް އޭރު ގަބޫލު ކުރެވުނު ކަމަށް ޑެބީ ވަނީ ބުނެފަ އެވެ.

އޭގެ ދެ ހަފްތާ ފަހުން، އެއް ދުވަހު ހޭލިއިރު ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެނިފައިވާ ކަމަށާއި އެކަމާ ގުޅިގެން އޭނާގެ ގާތް ޑޮކްޓަރެއް ކައިރި ކޮރޯނާ އަށް ޓެސްޓުކުރަންވީތޯ އެހުމުން ޓެސްޓު މުހިންމު ނޫން ކަމަށް އެމީހާ ބުނެފައިވާ ކަމަށް ޑެބީ ވަނީ ބުނެފަ އެވެ.

އެއީ ޑެބީ ފަހުގެ ތާރީހެއްގައި އެއްވެސް ދަތުރެއް އަދި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކާ ބައްދަލުވެފައި ނުވާތީ ކަމަށް އެ ޑޮކްޓަރު ބުނެފައިވާ ކަމަށް ޑެބީ ވަނީ ބުނެފަ އެވެ.

ނަމަވެސް ޑެބީ ވަނީ އޭނާ ދިރިއުޅޭ ގެ ކައިރި ކޮރޯނާ ވައިރަހަށް ޓެސްޓުކުރެވޭ ތަނެއް ހުރުމުން އެތަނަށް ގޮސް ޓެސްޓުކޮށްފަ އެވެ. އަދި އޭނާގެ ނަތީޖާ ޕޮޒިޓިވް ކަމަށް ދައްކާފައިވާ ކަމަށް ޑެބީ ވަނީ ބުނެފަ އެވެ. 

ޑެބީ ބުނީ އޭނާގެ އާއިލާ 14 ދުވަހަށް ކަރަންޓީނުކޮށްފައިވާ ކަމަށާއި އެމީހުންގެ ފަރާތުން އަދި ކޮރޯނާ ވައިރަހުގެ އަލާމާތެއް ނުފެންނަ ކަމަށެވެ.

ޑެބީގެ އިތުރުން އެމެރިކާގެ އެކްޓަރު ޓޮމް އަންކްސް އާއި އެކްޓަރު އިދްރީސް އެލްބާ އާއި ކްރިސްޓޮފާ ވެސް ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް