ads
ބާސެލޯނާ އާއި ޝަކްތަރު ބައްދަލުކުރި މެޗުގެ ތެރެއިން
ޝަކްތަރު ބަލިކޮށް ބާސެލޯނާ އެއްވަނާގައި ހަމަޖެހިލައިފި
ޔުއެފާ ޗެމްޕިއަންސް ލީގުގައި ޝަކްތަރު ޑޮންސްކާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ބާސެލޯނާއިން ގްރޫޕްގެ އެއްވަނާގައި ހަމަޖެހިލައިފިއެވެ.

ގްރޫޕް އެހްގައި މިރޭ ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް ބާސެލޯނާއިންނެވެ. 

ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ބާސެލޯނާއަށް ލީޑު ނަގައިދިނީ ފެރަން ޓޮރޭސްއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ފާމިން ލޮޕޭޒް ވަނީ އިތުރު ލަނޑެއްޖަހާ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. 

ޝަކްތަރުގެ ހަމައެކަނި ލަނޑު އެޓީމުން ކާމިޔާބުކުރީ ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ހިއޮހީ ސުޑާކޯވްއެވެ. 

މި ނަތީޖާއާއެކު ބާސެލޯނާއިން ގްރޫޕް ތާވަލުގެ އެއްވަނާގައި އޮތީ ފުރަތަމަ ލެގުގެ ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްގެން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތް ޕޯޓޯ އާއި ތިންވަނާގައި އޮތް ޝަކްތަރަށްވެސް ލިބެނީ ތިން ޕޮއިންޓެވެ. ޕޯޓޯ ކުރީގައި އޮތީ ފައިދާ ގޯލުންނެވެ. ފުލުގައި އޮތް އެންޓްވާޕަށް ޕޮއިންޓެއް ނުލިބެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް