ads
އެމްއެމްއޭ: ޔޫސަބަަލް ރިޒާވް 126 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށް އެ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފައި - ފޮޓޯ:ސަން
ޔޫސަބަލް ރިޒާވް 126 މިލިއަން ޑޮލަރަށް ދަށްވެއްޖެ
ކުރު މުއްދަތުގައި ދައްކަން ޖެހޭ ދަރަނި އުނިކުރުމުން ޔޫސަބަލް ރިޒާވް 126 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 592.7 މިލިއަން ޑޮލަރެވެ.

ކުރު މުއްދަތުގެ ދަރަނި ރަސްމީ ރިޒާވުން އުނިކުރުމުން ޔޫސަބަލް ރިޒާވްގައި ސެޕްޓެމްބަރު މަސް ނިމުނުއިރު ހުރީ 126.3 މިލިއަން ޑޮލަރެވެ. މިއީ މި އަހަރުގެ އޮގަސްޓް މަހު ޔޫސަބަލް ރިޒާވްގައި ހުރި 150.7 މިލިއަން ޑޮލަރާ އަޅާބަލާއިރު 24.4 މިލިއަން ޑޮލަރު ދަށް އަދަދެކެވެ.
މިދިޔަ އޮގަސްޓް މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 694.2 މިލިއަން ޑޮލަރެވެ.

މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހު ޔޫސަބަލް ރިޒާވް ހުރި ގޮތް:

  • ޖެނުއަރީ: ޔޫސަބަލް ރިޒާވް 253.8 މިލިއަން ޑޮލަރު
  • ފެބްރުއަރީ: ޔޫސަބަލް ރިޒާވް 235.4 މިލިއަން ޑޮލަރު
  • މާޗް: ޔޫސަބަލް ރިޒާވް 200.2 މިލިއަން ޑޮލަރު
  • އެޕްރީލް: ޔޫސަބަލް ރިޒާވް 151.3 މިލިއަން ޑޮލަރު
  • މެއި: ޔޫސަބަލް ރިޒާވް 147.7 މިލިއަން ޑޮލަރު
  • ޖޫން: ޔޫސަބަލް ރިޒާވް 168.1 މިލިއަން ޑޮލަރު
  • ޖުލައި: ޔޫސަބަލް ރިޒާވް 125 މިލިއަން ޑޮލަރު
  • އޮގަސްޓް: ޔޫސަބަލް ރިޒާވް 150.7 މިލިއަން ޑޮލަރު

މި އަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި 606.3 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް