ads
އައްޑު އަތޮޅު ހުޅުމީދޫ: އާ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހުޅުމީދޫ ބުރިޖުގެ މަސައްކަތް ފަށާނެ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައި.
އާ ސަރުކާރުގެ 100 ދުވަސް ތެރޭގައި ހުޅުމީދޫ ބުރިޖު މަސައްކަތް ފަށަނީ
ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އައްޑޫ ސިޓީ ހުޅުމީދޫ ބްރިޖުގެ މަސައްކަތް ފެށޭނެ ކަަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީން ރޭ ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުޅުމީދޫ ބުރިޖުގެ މަސައްކަތް ފެށޭނެކަމުގެ ހަބަރު ރަށުގެ ރައްޔިތުންނަށް ދެއްވުމަށް އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

ހުޅުމީދޫ އާއި ހިތަދޫ ބުރިޖަކުން ގުޅާލުމަކީ މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަންނަ އަހަރުގެ ބަޖެޓުގައި މި މަސައްކަތުގެ ސާވޭއަށް 30 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

އަބްދުއްރަހީމް ވިދާޅުވެފައިވަނީ އައްޑޫ ސިޓީއަށް ޕީޕީއެމްގެ ލީޑަޝިޕުގެ ބޭފުޅުން ކުރައްވާ ދަތުރުފުޅަކީ ޕީޕީއެމް/ޕީއެންސީއަށް ލިބުނު ކާމިޔާބީއަށް ޝުކުރު ދެންނެވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބު ކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މަޖިލިހުގެ ބޮޑު އަގުލަބިއްޔަތެއް އެ ކޯލިޝަނަށް ލިބުމަކީ މުއިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމުގަ އެވެ.

މި ދަތުރުގައި ޕީޕީއެމް/ޕީއެންސީން ވަނީ އައްޑޫ ސިޓީގެ ރަށްތަކުގެ ސްޓިއަރިން ކޮމެޓީތަކާވެސް ބައްދަލުކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް