ads
ބިދޭސީންތަކެއް: ފޮޓޯ/ ސަން
ބިދޭސީން ގެންނަނަމަ އެމްކިއުއޭ ތަތްގަނޑު ބޭނުންވާނެ!
ސްކިލްޑް އަދި ޕްރޮފެޝަނަލް މަގާމުތަކަށް ބިދޭސީން ގެންނަން ހުއްދައަށް އެދޭއިރު އެފަރާތްތަކުގެ ސަނަދުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ "ވެލިޑޭޝަން" ތައްގަނޑު ޖަހައިގެން ހުށަހަޅަންޖެހޭގޮތަށް ބަދަލުގެނައުމަށް ނިންމައިފިއެވެ.
ސްކިލްޑް އަދި ޕްރޮފެޝަނަލް މަގާމުތަކަށް ބިދޭސީން ގެންނަން ހުއްދައަށް އެދޭއިރު އެފަރާތްތަކުގެ ސަނަދުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ "ވެލިޑޭޝަން" ތައްގަނޑު ޖަހައިގެން ހުށަހަޅަންޖެހޭގޮތަށް ބަދަލުގެނައުމަށް ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ އަންނަ ޖެނުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން "އެމްޕްލޮއިމަންޓް އެޕްރޫވަލް"އަށް އެދި ހުށައަޅަންވާނީ ކޮލިފިކޭޝަން އޮތޯރިޓީގެ ތައްގަނޑު ޖެހި ސަނަދުތަކާއެކުކަމަށެވެ. އަދި އޮންލައިންކޮށް ހުށައަޅާ ސަނަދުތަކަކީ އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ ގަވާއިދާ އެއްގޮތަށް ތައްގަނޑު ޖަހާފައިވާ ސަނަދުތަކަށްވެސް ވާންޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ގަވާއިދާ ހިލާފު ބިދޭސީން ގެންނަ މިންވަރު އިތުރުވުމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީންވަނީ ބިދޭސީން މަސައްކަތު ގެނައުމުގެ އުސޫލުތައް ހަރުދަނާކުރަން ފަށާފައެވެ.

އެގޮތުން ޕްރޮޖެކްޓްތަކަށް ދެން ބިދޭސީން ގެނެވޭނީ "ބިދޭސީން ވަޒީފާއަށް ގެނައުމަށް ކޯޓާއަށް އެދި ހުށައަޅާ ޕްރޮޖެކްޓް ފޯމް" ފުރުމަށްފަހުކަމަށްވެސް މިނިސްޓްރީންވަނީ ބުނެފައެވެ. މި ފޯމަކީ ބިދޭސީން ވަޒީފާއަށް ގެނައުމަށް ކޯޓާއަށް އެދި ހުށައަޅާ މަސައްކަތް ނުވަތަ ޕްރޮޖެކްޓަކީ އެފަރާތާއި ހަވާލުކުރެވިފައިވާ މަސައްކަތެއްކަން ކަށަވަރުކުރުމަށް ހުށައަޅަންޖެހޭ ފޯމެކެވެ. މި ފޯމު ހުށައަޅަންޖެހެނީ ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށް ނުވަތަ ސިވިލް ކޯޓުގައި ރެޖިސްޓްރީ ކުރުމަށް ފަހުގައެވެ.

އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، މަސައްކަތްތަކަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯދުމަށް މި ފޯމު ފުރިހަމަކުރަން ޖެހޭނެއެވެ. "ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށައަޅާ ޕްރޮޖެކްޓް އެގްރިމެންޓް ފޯމު ފުރިހަމަކޮށް ހުޅައަޅާފައިނުވާނަމަ، އެޕްލިކޭޝަން ފުރިހަމަ ނުވާނެކަމަށް އިކޮނޮމިކް މިނިސްޓްރީންވަނީ ބުނެފައެވެ.

ކުރިން ބިދޭސީން ގެނައުމުގެ ހުއްދައަށް އެދެމުން އައިސްފައިވަނީ ދެފަރާތު ދެމެދު ވެވޭ ޕްރޮޖެކްޓް އެގްރިމެންޓްގެ ކޮޕީއެއް މިނިސްޓްރީއަށް ހުށައަޅައިގެންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް