ads
ފަލަސްތީނާ އެކު ދިވެހިން ހިނގާލުން: ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލައި އެތައް ބަޔަކު މާލޭގެ މަގުތަކަށް ނިކުމެ ވަނީ އަޑުއުފުލާފައި - ފޮޓޯ:ސޯޝަލްމީޑިއާ
ދިވެހިން ފަލަސްތީނު ހަނގުރާމައިގައި ބައިވެރިވާން ދިޔަ މައްސަލަ އެއް ބަލަނީ
ދިވެހިރާއްޖޭގެ ބަޔަކު ފަލަތްސީނުގެ ގައްޒާގައި ހަމާސް ޖަމާއަތާއި އިޒްރޭލާއި ދެމެދު ކުރިއަށްދާ ހަނގުރާމައިގައި ބައިވެރިވާން ދިޔަކަމަށް ބުނާ މައްސަލައެއް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބަލަން ފަށައިފިއެވެ.

އެ ސެންޓަރުން މިއަދު މީޑިއާތަކަށް ބުނެފައިވަނީ އެ ފަދަ މައްސަލައެއް ސަމާލުކަމަށް އައިސްގެން ބަލަން ފަށާފައިވާކަމަށެވެ.  

މައްސަލަ ފެންމަތިވީ މީހަކު ފޭސްބުކުގައި ކުރި ޕޯސްޓެއްގެ ސަބަބުންނެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ ތިން ދިވެއްސަކު ހަނގުރާމައިގައި ބައިވެރިވާން އުރުދުން އަށް އެތެރެވެފައިވާކަމަށެވެ. 

މައްސަލަ ބަލަމުން ދިޔަ ނަމަވެސް އަދި މިހާތަނަށް އެއްވެސް ދިވެއްސަކު ފަލަސްތީނު ހަނގުރާމައިގައި ބައިވެރިވިކަން ކައުންޓާ ޓެރަރުޒަމް ސެންޓަރަށް ޔަގީންކުރެވިފައެއް ނުވެއެވެ. 

އިޒްރޭލުން މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި 14،000 އަށްވުރެ ގިނަ މީހުން ގައްޒާއިން ވަނީ މަރުވެފައެވެ. 

ގައްޒާގައި 2.2 މީހުން ހާލުގައި ޖެހިފައިވާއިރު، އެ ސިޓީން ކަރަންޓު ފެން، ބޭސް އަދި ކާބޯތަކެތި ލިބުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް