ads
މާފުށީ ޖަލު---
ދިރިއުޅޭނެ ގެއެއް، އަދި ވަޒީފާއެއް ނެތުމުން ޖަލަށް
މީހެއްގެ ކޭޝް ކާޑުން، ހުއްދަ ނެތި ވިޔަފާރި ކުރި މީހަކަށް، ލުއި އަދަބެއް ދޭން ބެލިނަމަވެސް، އުޅޭނެ ވަކި އެޑްރެހެއް ނެތުމާއި ވަޒީފާއެއް އަދާ ނުކުރާތީ ވައްކަމުގެ މައްސަލައެއްގައި ހިމެނޭ ދިވެހި ފިރިހެނަކަށް ޖަލު ހުކުމެއް އިއްވައިފިއެވެ.

މިއީ، މީހެއްގެ ކޭޝް ކަޑުން ވިޔަފާރި ކުރި މީހެއްގެ މައްސަލައެކެވެ. މިދިޔަ ޖުލައި މަހު ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން އެ މީހާގެ މައްޗަށް ކޮށްފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގެ ޝަރީއަތުގައި ދައުވާ ރައްދުވާ މީހާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އަދި ލުއި އަދަބެއް ދޭން އޭނާވަނީ އެދިފައެވެ. ގާނޫނުލް އުގޫބާތުގައި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ކުށަށް އިއުތިރާފުވުމުން އެއް ދަރަޖަ ދަށް ކުރުމަށް ވެސް ގާނޫނުގައި އޮވެ އެވެ.

ލުއި އަދަބެއް ދޭން އެ މީހާ އެދުމުން ޖޫރިމަނާއަކަށް އަދަބު ބަދަލު ކުރަން ޝަރިއަތުން ބެލިއިރު، އެ މީހާއަކީ ވަޒީފާއެއް އަދާ ކުރާ މީހެއް ނޫން ކަމުން ޖޫރިމަނާ ދެއްކޭނެ ގޮތެއް ނެތެވެ. އަދި ގޭބަންދަށް ހުކުމް ކުރަން ބެލިއިރު، އުޅޭނެ ވަކި އެޑްރެހެއް ނެތުމުން ގޭ ބަންދު ކުރެވޭކަށްވެސް ނެތެވެ. އެހެންކަމުން ހުކުމް ކުރީ އޭނާ ޖަލަށްލާށެވެ.

އަދި އެ މީހާގެ ސިއްހީ ހާލަތަށް ބަލައި، ޝަރީއަތުން ކަނޑައަޅާފައިވަނީ އެއް ދަރަޖަ ދަށްކޮށް، ތިން މަހާއި 18 ދުވަހަށް ޖަލަށްލައި 21 ދުވަހަށް މުޖުތަމައަށް ހިދުމަތް ކުރުމަށެވެ. މި މައްސަލައިގައި ހުކުމް ކުރީ، ހުސެއިން ފާއިޒު ރަޝާދުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް