ads
ލައިބާ އަދި މަހްލޫފު
ޕޮލެންޑް މުބާރާތުން އެލީއަށް ބްރޯންޒް މެޑަލް
ޕޮލެންޑުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ރެއާ ހަމައަށް ކުރިއަށް ގެންދިޔަ ޔޮނެކްސް އިންޓަނޭޝަނަލް ފެސްޓިވަލްގައި ވާދަކޮށް، ލައިބާ އަހުމަދު މަހުލޫފް (އެލީ) ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތެއްގެ ސިންގަލްސް ބައިން މެޑަލް އެއް ހޯދައިފި އެވެ.

ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފުގެ ދަރިކަނބަލުން އެލީއަށް 11 އަހަރުން ދަށުގެ އުމުރުފުރާގެ ސިންގަލްސް ބައިން ބްރޯންޒް މެޑަލް ލިބިފައެވެ. 

÷އެލީ ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.

އެގުރޫޕްގެ އެއްވަނައިގައި ކުއާޓާ ފައިނަލަށް ދަތުރުކޮށް އެލީވަނީ ކުއާޓާ ފައިނަލްގައި ޔޫކްރޭންގެ އުލިއާނާ ކޮނޮނެންކޯއާ ވާދަކޮށް މޮޅުވެފަ އެވެ. ވާދަވެރި ސެމީ ފައިނަލުގައި އެލޯ ބަލިވީ އެއްވަނައަށް ސީޑް ކުރެވުނު ޕޮލެންޑުގެ މާލެނާ ޕުޑްލޯ އަތުން ނެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް