ads
ޕީސީބީގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް އައްޔަންކުރެއްވި ޔާސްމީން ސައީދު - ފޮޓޯ:ޕީސީބީ
ޕީސީބީގެ އިންފޮމޭޝަން އޮފިސަރަކަށް ބޭފުޅަކު އައްޔަންކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފި އެވެ.

އެ މަގާމަށް އައްޔަން ކޮށްފައިވަނީ އެ ބޯޑުގެ ސެކްރެޓޭރިއަޓްގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު ޔާސްމީން ސައީދެވެ. އެކަން ހާމަކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ޕީސީބީން ނެރުނު ނޫސް ބަޔާނެއްގަ އެވެ.

ޕީބީސީން ބުނެފައިވަނީ އެ ބޯޑަކީ ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ، ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން ހޯދުމާއި ލިބިގަތުމާއި މިލްކު ކުރުމާއި އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ ތަނަކަށް ވުމާ އެކު، ވަކި އިދާރާއެއް ކަމަށް ބެލެވޭތީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅޭ ހުށަހެޅުންތައް ވަކިން ހުށަހެޅޭނެ އިންތިޒާމެއް ހަމަޖައްސައި، އިންފޮމޭޝަން އޮފިސަރަކު ހުންނަން ވާނެ ކަމަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ ބޯޑަށް ވަނީ ލަފާ ދެއްވާފައި ކަމަށެވެ. 

އިންފޮމޭޝަން އޮފިސަރުގެ މަގާމަށް މިދިޔަ އާދިއްތަ ދުވަހު ޔާސްމީން އައްޔަން ކުރީ އެކަމަށް ރިއާޔަތްކޮށް ކަމުގައި ޕީސީބީން ބުނެ އެވެ. ޕީސީބީން ބުނި ގޮތުގައި އިންފޮމޭޝަން އޮފިސަރާ ގުޅޭނެ މައުލޫމާާތު އެ ބޯޑުގެ ވެބްސައިޓުގައި ހިމަނާފައި ވާނެ ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް