ހަމްނާ 200 މީޓަރ އިންޑިވިޖުއަލް މެޑްލޭގެ ރެކޯރޑް އާކޮށްފައިވަނީ 02.55.12 އިން އަދި 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯރޑް އާކޮށްފައިވަނީ 00.37.88 އިން ރޭސްނިންމައިގެންނެވެ.
50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވުނު 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 00.38.53 އިން ރޭސްނިންމައިގެން އާއިޝަތު ސާޖިނާ އެވެ. އަދި 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ 02.57.23 އިން ރޭސްނިންމައިގެން އައިޝަތު ސައުސަންއެވެ. އެއީ، 2016 ވަނަ އަހަރު ބޭއްވުނު 13 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައެވެ.