ads
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސްޕެޝަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް، އަބްދުއްރަހީމް އަބްދުﷲ އަށް މަގާމުގެ ފަތްކޮޅު ދެއްވަނީ - ފޮޓޯ:ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރަކަށް އަބްދުއްރަހީމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރަކަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ދެންމެ އައްޔަން ކުރައްވައިފި އެވެ.

ސީނިއާ މިނިސްޓަރުގެ ފެންވަރުގައި އަބްދުއްރަހީމް، ސްޕެޝަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓްގެ މަގާމުގެ ފަތްކޮޅު ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުއިއްޒެވެ.

ރައީސް އޮފީހުގައި ދެން އޮތީ ރައީސް ޑރ. މުއިއްޒުގެ ކެބިނެޓް އިއުލާން ކުރެއްވުން ކަމަށްވާއިރު، އެމަނިކުފާނު މީގެކުރިން ވިދާޅުވެފައި ވަނީ 22 ބޭފުޅަކު ކެބިނެޓަށް އައްޔަން ކުރައްވާނެ ކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރަކަށް އައްޔަން ކުރެއްވި އަބްދުއްރަހީމް ވަނީ މި އަހަރުގެ ރިޔާސީ ކެމްޕެއިނުގައި އެމަނިކުފާނާ އެކު ހުރިހާ ރަށަކަށް ދަތުރުކުރައްވާފަ އެވެ. އިންތިހާބު ޑރ. މުއިއްޒަށް ކާމިޔާބު ކޮށްދެއްވުމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވެ ވަޑައިގެންފައި ވަނީ އަބްދުއްރަހީމެވެ.

ރިޔާސީ އިންތިހާބުގައި ލިބުނު ކާމިޔާބީ އާއެކު، ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ޑރ. މުއިއްޒު އައްޔަން ކުރެއްވީވެސް އަބްދުއްރަހީމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް