ads
ޑރ. ޝަހީމް
ތިނަދޫ އިސްލާމީ މަރުކަޒު އައިޔޫއެމްގެ ކެމްޕަހަކަށް
އާ އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އެންމެ ފުރަތަމަ ނިންމެވުމެއްގެ ގޮތުގައި ގދ. ތިނަދޫ އިސްލާމީ މަރުކަޒު، އިސްލާމިކް ޔުނިވާސިޓީގެ ދަށަށް ބަދަލުކުރަން އެ މަނިކުފާނު ނިންމަވައިފިއެވެ.

އިސްލާމިކް މިނިސްޓަރު ކަމަށް ޑރ. މުހައްމަދު މުއިއްޒު މިރޭ އައްޔަން ކުރެއްވި ޑރ. ޝަހީމް ވިދާޅުވީ، ވަނީ ތިނަދޫގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒު އަންނަ އަންގާރަ ދުވަހު އައިޔޫއެމް މއާ ހަވާލު ކުރައްވާނެ ކަމަށެވެ. އޭގެ ސަބަބުން އިސްލާމީ އިލްމު އުނގެން ބޭނުންވާ ދަރިވަރުން އެ ސަރަހައްދުން މާލެ ނައިސް ކިޔެވޭނެ ގޮތް ފަހިވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ތިނަދޫގައި އިސްލާމީ މަރުކަޒެއް ބިނާ ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އައިޔޫއެމް އަށް އެތަން ހަވާލު ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް