ads
ކްރިމިނަލް ކޯޓު ސަރަހައްދުގައި ފުލުހުން ކުރީ ދުވަހެއްގައި
ވެރިކަމުގެ ފުރަތަމަ ދުވަހު ވައްކަމުގެ މައްސަލަތަކުގައި އަށް މީހުން ހައްޔަރުކޮށްފި
އާ ސަރުކާރުގެ ފުރަތަމަ ދުވަހު، ވައްކަމުގެ މައްސަލަތަކާ ގުޅިގެން އަށް މީހެއްގެ މައްޗަށް ބަންދު މުއްދަތު ޖަހައިފި އެވެ.

އާ ސަރުކާރުގެ ފުރަތަމަ ދުވަހު، ކްރިމިނަލް ކޯޓުން ބަންދު މުއްދަތު ޖެހި ގިނަ މީހުންނަކީ ވައްކަމުގެ ތުހުމަތު ކުރެވޭ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، އުމުރުން 23 އަހަރުން ފެށިގެން 48 އަހަރާއި ދެމެދުގެ ފިރިހެނުންނެވެ. 

ވެރިކަމުގެ ފުރަތަމަ ދުވަހު ބަންދު މުއްދަތު ޖެހި މީހުންގެ ތެރެއިން ބައެއް މީހުން ފަސް ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރުކުރިއިރު، އަނެއް ބައި މީހުންނަށް 10 ދުވަހުގެ މުއްދަތުވެސް ޖަހާފައި އެބަހުއްޓެ އެވެ. 

ބަންދު އަމުރުތަކުގައިވާ ފުލުހުންގެ އެލްސީ ނަންބަރުތަކުން އެނގޭ ގޮތުގައި މުއްދަތު ޖަހާފައިވާ އެންމެންނަކީ އެއް ހާދިސާއެއްގައި ހިމެނޭ މީހުންނެއް ނޫނެވެ. 

63%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް