ads
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު އައިޔޫއެމް އިސްވެރިންނާއި އެކު ބޭއްވި ބައްދަލުވުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމް ދީނުގެ ނަޒަރިއްޔާތަކުން ތިމާވެއްޓާއި ގުޅޭ ދިރާސާއެއް ހަދަނީ
އިސްލާމީ ނަޒަރަކުން ތިމާވެއްޓާއި ބެހޭ ދިރާސާއެއް އިސްލާމިން ޔުނިވާސިޓީ މޯލްޑިވްސްއިން ކުރިއަށް ގެންދިއުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް އަދި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު އޮފީހުގެ ޓީމާއެކު އިއްޔެ އައިޔޫއެމްގެ އިސްވެރިންނާއި ވަނީ ބައްދަލު ކުރައްވާފައި އެވެ. މި ބައްދަލުވުމުގައި، އެ ޔުނިވާސިޓީގެ އާ އިމާރާތެއް ބިނާ ކުރުމުގެ ތަސައްވަރާއި މެދު މަޝްވަރާތަކެއް ކުރިއަށް ދިޔަކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ސަރަހައްދީ ސެންޓަރުތައް މެދުވެރިކޮށް ދީނީ އިލްމު ކުރިއެރުވުމާއި ގުޅޭގޮތުން ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ފާހަގަ ކުރިއެވެ.

މި ބައްދަލުވުމަށްފަހު މިނިސްޓަރ ޝަހީމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިރާސާ ކުރުމަށް ރައީސް ގޮވާލައްވާފައިވާ ކަމަށެވެ. އެހެން ކަމުން މިނިސްޓްރީން ފަންޑުކޮށްގެން އިސްލާމީ ނަޒަރީއްޔާތަކުން ތިމާވެއްޓާއި ގުޅޭ ދިރާސާއެއް ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އައިޔޫއެމް އަށް މީހުން ބިނާ ކުރުމަށް ޕީއެޗްޑީ ޕްރޮގްރާމެއް ފަންޑު ކުރުމަށްވެސް މަޝްވަރާ ކުރެވުނު ކަމަށް ވަނީ ވިދާޅުވެފައި އެވެ.

ޒަކާތު ހައުސްގެ ނަމުގައި ފަންޑެއް އެކުލަވައިލާ ދައުލަތުގެ ބެލުމުގެ ދަށުން ޒަކާތުން ބައެއް އިންވެސްޓުކޮށް އޭގެ ތެރޭގައި ހިމެނޭ ބެހެނިވެރިންގެ މަސްލަހަތައް ހަރަދު ކުރަން ހުށަހަޅާނެ ކަމަށް ޑރ. ޝަހީމް މިފަހުން ވަނީ ވިދާޅުވެފައި އެވެ. 

your imageއިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް

މީގެއިތުރުން، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި، ދިވެހި ރާއްޖޭގައި ދީނީ ކަންކަން ހަރުދަނާކުރެއްވުމަށް، އާ ސަރުކާރުގެ ތަސައްވުރާއި ގުޅޭގޮތުން، ވާހަކަފުޅުދައްކަވަމުން ހައްޖަށް ގެންދިއުމަށް ކޯޓާއަށް ބޮޑު އަގުގައި ފައިސާ ނަގާ މައްސަލައަށް އިތުރަށް ފާރަވެރިވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައި އެވެ. 

ޝަހީމް ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް ކުރެވޭނެ ކަންތައްތަކާމެދު މިހާރުވެސް މަޝްވަރާ ކުރައްވަމުންދާކަމަށެވެ. އޭގެތެރެއިން ގެންގުޅުއްވާ އެއް ވިސްނުމަކީ، އެ މަސައްކަތް އަމިއްލަ ކުންފުނިތަކަށް ދޫކުރުމުގެ ބަދަލުގައި، ހައްޖު ކޯޕަރޭޝަންގެ ދަށަށް މުޅިން ބަދަލުރެއްވުންކަމަށްވެސް ވަނީ ވިދާޅުވެފައި އެވެ. އޭރުން ސަރުކާރުން ކަނޑައަޅާ އުސޫލުގެ ތެރެއިން އެ މަސައްކަތް ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވި އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް