ads
ސުކޫލު ދަރިވަރުން---
އޭ ލެވެލް މެއި-ޖޫންގެ އިމްތިހާނު އޮކްޓޯބަރު ނޮވެމްބަރަށް ފަސްކޮށްފި
މިއަހަރުގެ މެއި އަދި ޖޫން ގައި ބާއްވާ އެޑެކްސެލް އިންޓަނޭޝަނަލް އޭ ލެވެލް އިމްތިހާނު އޮކްޓޯބަރު އަދި ނޮވެމްބަރު މަހަށް ފަސްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިމްތިހާނު ފަސްކުރުމަށް ނިންމާފައިވަނީ ކޮވިޑް 19 އިން ރައްކާތެރިވެ ތިބުމަށް ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކާ ގުޅިގެން ސްކޫލުތައް ދިގުމުއްދަތަކަށް ބަންދު ކުރަންޖެހުމުގެ ސަބަބުން ކަމަށެވެ.

މި އަހަރު ރާއްޖޭގައި އެޑެކްސެލް އިމްތިހާނު ހަދާނީ ގްރޭޑު 11ގެ ދަރިވަރުން އެކަންޏެވެ. ކެމްބްރިޖު ޔުނިވާސިޓީން ވެސް ވަނީ އަންނަ މެއި މަހާއި ޖޫން މަހު ބާއްވާ އިމްތިހާންތައް ކެންސަލްކޮށްފަައެވެ.

އެކަން އެގޮތަށް ނިންމާފައިވަނީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ގިނަ ސްކޫލްތައް ބަންދުކޮށްފައިވާތީ އެޔުނިވާސިޓީން ބާއްވާ ކެމްބްރިޖް އައިޖީސީއެސްއީ އާއި ކެމްބްރިޖް އޯ ލެވެލް އާއި ކެމްބްރިޖް އިންޓަނޭޝަނަލް އޭ ލެވެލް އަދި ކެމްބްރިޖް އޭއައިސީއީ ޑިޕްލޮމާގެ އިމްތިހާން ބޭއްވޭނެ މާހައުލެއް ނެތުމުން ކަމަށް އެޔުނިވާސިޓީން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް