ads
މެސީ އަދި ރޮނާލްޑޯ
ރޮނާލްޑޯއާ މެސީއާ ކުޅޭކަށް ނޫޅޭ
ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލް ނަސްރާއި، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މިއާމީން އަންނަ ފެބްރުއަރީ މަހު މެޗެއް ކުޅެން ހަމަ ޖެހިފައިވާ ކަމަށް މީޑިއާގައި ފެތުރިފައިވާ ވާހަކަތައް އިންޓަ މިޔާމީން ދޮގުކޮށްފިއެވެ.

މެސީ އާއި ރޮނާލްޑޯ ކުރިމަތިލުމެއް އެންމެ ފަހުން ފެނިފައި ވަނީ މެސީ ޕީއެސްޖީއަށް ކުޅުނު އިރު، ސައުދީގައި ކުޅުނު ފްރެންޑްލީ މެޗެއްގައެވެ. 

އެ މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖެހިއިރު، މެސީ ވަނީ އެއް ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ ނުކުޅެ އޮއްވާ، މީޑިއާއަށް އިއްޔެ ތިލަވީ، އަންނަ ފެބުރުއަރީ މަދު އަލް ނަސްރާއި އިންޓަ މިޔާމީގެ މެޗެއްގެ ވާހަކައެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހު، ސައުދީގެ ރިޔާދުގައި ރިޔާދު ސީޒަން ކަޕްގެ މެޗެއްގެ ގޮތުގައި މި މެޗު އިޝްތިހާރުކޮށްފައިވަނީ " ދަ ލާސްޓް ޑާންސް" ގެ ނަމުގައެވެ. އެހެންނަމަވެސް މިއީ އަދި މިހާތަނަށް ހަމަ ޖެހިފައިވާ އަދި މަޝްވަރާވެސް ކުރެވިފައިވާ މެޗެއް ނޫން ކަމަށް އިންޓަމިޔާމީންވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް