ads
މިނިސްޓަރު މޫސާ ޒަމީރު ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެން ލީސިންގް އާ ބައްދަލު ކުރައްވަނީ
ފޮރިން މިނިސްޓަރު ޒަމީރު، ޗައިނާގެ ސަފީރާއި ބައްދަލުކުރައްވައިފި
ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޭންގް ލިޒިންއާ ބައްދަލުކުރައްވައިފި އެވެ.
Advertisement

މިކަން ހާމަކުރެއްވީ ޗައިނާ ސަފީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އިއްޔެ ބޭއްވި ބައްދަލު ވުމާއި ގުޅޭގޮތުން ވޭންގް ލިޒިންއާ ވިދާޅުވެފައިވަނީ ޗައިނާއާއިި ރާއްޖެއާއި ގުޅުން ބަދަހި ކުރުމުގެ ގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާއިއެކު، މަޝަވަރާ ތަކެއް ކުރެވުނު ކަމަށެވެ. 

އަދި ދެ ގައުމުގެ ގާތްގުޅުމާއި އިތުބާރާއެކު ދެ ގައުމަށްވެސް ފައިދާ ކުރުވަނިވި ގޮތަކަށް ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެޓުވީޓުގައި އެކަމަނާ ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެކި އެކި ދާއިރާތަކުން ބައިލެޓަރަލް ކޯޕަރޭޝަން ކުރިއެރުވޭނެ ގޮތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވައިފައިވާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބެއް ވެސް ވަނީ ރާއްޖެ ވަޑައިގަންނަވާފަ އެވެ. 

މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު، ކުރީގެ ރައީސް ޔާމީން އަބްދުﷲގެ ވެރިކަމުގައި ރާއްޖެއިން ޗައިނާއާ އެކު ވަރަށް ގާތް ގުޅުމެއް ބޭއްވި އެވެ. ޗައިނާ ސަރުކާރުގެ އެހީގައި މާލެ އާއި ހުޅުލެ ގުޅުވާލަން ހެދި ސިނަމާލެ ބްރިޖަކީ އެ ގުޅުމުގެ ރަމްޒެކެވެ.

ފޮރިން މިނިސްޓަރު ޒަމީރު  އިއްޔެ ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އާއި ވެސް ބައްދަލު ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް