ads
އަހްނާ
ސާއިދުއާ އަހުނާ 200މ ރަން މެޑަލް ހޯދައިފި
ގައުމީ އެތުލެޓިކްސް މުބާރާތުގެ 200 މީޓަރު ދުވުމުގެ ފިރިހެން ބައި ހަސަން ސާއިދު އަދި އަންހެން ބައިން އަހުނާ ނިޒާރު ރަން މެޑަލް ހޯދައިފި އެވެ.

200 މީޓަރުގެ ރަން މެޑަލް ސާއިދު ހޯދީ، 22.04 ސިކުންތުން ރޭސް ނިންމައިގެނެވެ. 200 މީޓަރު ދުވުމުގެ އަންހެން ރަން މެޑަލް އަހުނާ ހޯދީ 26.75 ސިކުން ރޭސް ނިންމައިގެނެވެ. 100 މީޓަރުންވެސް ރަން މެޑަލް ހޯދީ މި ދެ އެތްލީޓުންނެވެ.

1500 ދުވުމުގެ ފިރިހެން އެއްވަނަ ހޯދީ ލަންކާ ދުވުންތެރިޔާ ހަބަރަކަޑަ އަރަޗިލަގޭ އެވެ. އޭނާގެ ޓައިމިން އަކީ 3 މިނެޓު 58.32 ސިކުންތެވެ. މިއީ މިހާތަނަށް ގައުމީ މުބާރާތެއްގެ އެންމެ އަވަސް ޓައިމިން އެވެ. 1500 މީޓަރު ދުވުމުގެ އަންހެން ބައިން އެއްވަނަ ހޯދީ ފަސުހާ އަހުމަދު އެވެ. ފަސުހާ އެއްވަނަ ހޯދީ 5 މިނެޓު 13.80 ސިކުންތުން ރޭސް ނިންމައިގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް