ads
ޖޯލި މުރުވަންދޫގައި މުރަކަ އާލާކުރުމުގެ މަސައްކަތް ކުރަނީ
އީއައިއޭ ނުހަދައި މުރަކަ އާލާކޮށްގެން ޖޯލި ޖޫރިމަނާކޮށްފި
އީ.އައި.އޭ މަރުހަލާ ފުރިހަމަ ކުރުމަކާ ނުލައި ރ. މުރަވަންދޫގައި ހިންގާ ޖޯލި ރިސޯޓުގައި ގައި މުރަކަ އާލާކުރުމުގެ މަސައްކަތް ކުރަމުންދާތީ އެ ރިސޯޓް ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ބުނީ، އީއައިއޭ ފުރިހަމަ ނުކޮށް، ޖޯލި މުރަވަންދޫގައިގައި މުރަކަ އާލާކުރުމުގެ މަސައްކަތް އަލީ ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފަށާފައިވާކަން އެ އެޖެންސީއަށް އެނގިފައިވާ ކަމަށެވެ.

އެ މައްސަލަ އެ އެޖެންސީން ބަލައި އެ މައްސަލައާ ގުޅިގެން އެއްކުރެވުނު މައުލޫމާތުންނާއި، ދެފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް އަދި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި އީ.އައި.އޭ މަރުހަލާ ފުރިހަމަ ކުރުމަކާ ނުލައި އެ މަސައްކަތް ފަށާފައިވާތީ، އެ ރިސޯޓް 20000 ރުފިޔާއިންވަނީ ޖޫރިމަނާކޮށްފައެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީންވަނީ އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައެވެ.

އަދި، ޖޯލި މުރަވަންދޫ (ރ. މުރަވަންދޫ) ގައި މުރަކަ އާލާކުރުމަށް މިހާރު ކުރެވިފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކާއި ގުޅިގެން މިހާރު ރަށުގެ ތިމާވެށީގެ ހާލަތު އީ.އައި.އޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު އެކަމާގުޅޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި ހުށަހެޅުއްވުމަށްވެސް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީންވަނީ އެ ރިސޯޓެއް އަންގާފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް