ads
ނަބާ އަދި ނަބީ
ބޮޓްސްވާނާ މުބާރާތުން ނަބާއަދި ނަބީއަށް ރިހި މެޑަލް
ބޮޓްސްވާނާ އިންޓަނޭޝަނަލް 2023 ބެޑްމިންޓަން މުބާރާތުން ރާއްޖޭގެ އެއްވަނަ އަންހެން ޕެއާ، އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ)ގެ ރިހި މެޑަލް ހޯދައިފި އެވެ.

ބޮޓްސްވާނާ އިންޓަނޭޝަނަލް 2023 ބެޑްމިންޓަން މުބާރާތުން ރާއްޖޭގެ އެއްވަނަ އަންހެން ޕެއާ، ނަބީ އާއި ނަބާ ރިހި މެޑަލް ހޯދިއިރު، ނިބާލް އަހުމަދާއި މުހައްމަދު އަޖުފާންގެ ޕެއާ އަދި ޒަޔާން ޒަކީ އަދި ނަޝްފާން މުހައްމަދުގެ ޕެއާއިންވަނީ ލޯ މެޑަލް ހޯދާފައެވެ.

ނަބާ އާއި ނަބީ ވަނީ މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ޑަބަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. ނަބީ ވަނީ ބޮޓްސްވާނާ މުބާރާތުގެ ސިންގަލްސް ބައިގެ ގަދަ 16 ގައި ވާދަކޮށްފަ އެވެ. ނަބާ ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް