ads
މިއުޒިކް އިންސްޓްރޫމަންޓެއް މީހަކު ބޭނުން ކުރަނީ: ބަލިކަށި ކޮޕީ ރައިޓްސް ގާނޫނެއް ރާއްޖޭގައި މިހާރުވެސް އެބަ އޮތް
ކޮޮޕީރައިޓްސް ހައްގުތަކުގެ ގާނޫނަށް ހިޔާލު ހޯދަން ހުޅުވާލައިފި
ކޮޕީރައިޓާއި އެއާއި ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

އިގުތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ ކޮޕީރައިޓާ އެއާގުޅޭ އެހެނިހެން ގާނޫނުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިގެން މިވަނީ ހުޅުވާލާފަ އެވެ.

އިގުތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތްކޮށް، ކޮޕީރައިޓްގެ ހައްގަށް އުނިކަމެއް އަތުވެއްޖެނަމަ އެޅޭނެ ފިއަވަޅުތަކާއި އަދަބުތައް ކަނޑައެޅުމަށް އުފައްދަވާފައިވާ ގާނޫނަށް އިސްލާހު ގެނައުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ފުރިހަމަކުރުމަށް ކަޑައަޅުއްވާފައިވާ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އެގޮތުން ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ހިމާޔަތްކޮށް، އިހުނަށްވުރެ ފަހި މާހައުލެއް ކަށަވަރުކުރުމަށްޓަކައި މިހާރު އަމަލުކުރަމުންދާ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށް ބަޔާނުގައިވެ އެވެ.

ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައްވާފައިވަނީ 10 ޑިސެމްބަރުވާ އާދިއްތަ ދުވަހު 2:00ގެ ކުރިން ނެވެ. އިގުތިސޯދީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ އީމެއިލް މެދުވެރިކޮށްނާއި ލިއުމުން ހިޔާލު ހުށަހެޅޭނެ ކަމަށެވެ. ލިއުމުން ހިޔާލުތައް ފޮނުވާނީ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއަށެވެ. އީމެއިލްއިން ހުށަހަޅާ ލިއުންތައް ފޮނުވާނީ [email protected] އަށެވެ.

ކޮޕީރައިޓާއި އެއާއިގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގެ ކޮޕީ އިގުތިސޯދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ވެބްސައިޓް www.trade.gov.mv އިން ލިބެން ހުންނާނެ ކަމަށެ އެމިނިސްޓްރީން ވިދާޅުވެއެވެ. 

ރާއްޖޭގައި "ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު" ނަމުގައި ކޮޕީ ރައިޓްސް ގާނޫނެއް މިހާރު ވެސް އޮތް ނަމަވެސް ގާނޫނާ ހިލާފަށް އަމަލުކުރާ މައްސަލަތައް ގިނަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް