ads
ސާޖިއޯ ރާމޯސްއަށް ރަތްކާޑު ދައްކަނީ
ސާޖިއޯ ރާމޯސްގެ ކެރިއަރުގެ 29 ވަނަ ރަތްކާޑު
ސާޖިއޯ ރާމޯސްގެ ކެރިއަރުގައި 29 ވަނަ ރަތް ކާޑު އޭނާއަށް ރޭ ދައްކައިފިއެވެ.

ރާމޯސްގެ ކެރިއަރުގެ 29 ވަނަ ރަތް ކާޑަކީ، ރެއާލް ސޮސިއެޑާޑް އަތުން ރޭ 2-1 އިން ސެވިއްޔާ ބަލިވި މެޗުގެ ފަހުކޮޅު ދެއްކި ރަތްކާޑެވެ. ރާމޯސް މިހާރު ކުޅެނީ ސެވިއްޔާއަށެވެ.

ރެއާލް މެޑްރިޑާއި ސްޕެއިންގެ ކުރީގެ ޑިފެންޑަރު ވަނީ މެޗުގެ 88 ވަނަ މިނެޓްގައި ބްރޭސް މެންޑޭޒް އަށް ސްލައިޑިން ޓެކްލް ކޮށްގެން ރަތް ކާޑަކާއެކު ދަނޑުން ފޮނުވާލާފައެވެ.

އުމުރުން 37 އަހަރުގެ ރާމޯސްއަށް ރޭ ދެއްކި ކާޑަކީ ލަލީގާގައި އޭނާއަށް ދެއްކި 21 ވަނަ ރަތްކާޑެވެ. އަދި އެއާއެކު ލަލީގާގެ ތާރީހުގައި އެންމެ ގިނަ ރަތް ކާޑު ދެއްކި ކުޅުންތެރިއަކަށްވެސް ވެފައިވަނީ ރާމޯސްއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް