ads
ޝަޖަން
ކުޅިވަރުގެ ރަން ތަރިއެއް ކުޅިވަރު ވަޒީރުގެ ނާއިބަކަށް
ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް އެތައް ރީތި ނަމެއް ހޯދައިދީފައިވާ ޒުވާން ތަރިއެއް ކަމަށްވާ، އާމިނަތު ޝަޖަން މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ނައިބުގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.

ޝަޖަންއަކީ ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ އެތްލީޓެއްގެ އިތުރުން، ސްޕޯރޓްސް އެތިކްސް އެންޑް އިންޓަގްރެޓީ ދާއިރާއިން ރާއްޖޭން ބޭރުން ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. 

މޮޅު ފެތުންތެރިޔާ، ޝަޖަން ވަނީ ލަންޑަން 2012 އޮލިމްޕިކް ގޭމްސް އަދި ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލުކޮށްފައެވެ. އަދި، ސިންގަޕޯރ 2010 ޔޫތު އޮލިމްޕިކް ގޭމްސްގައިވެސް ޝަޖަން ވަނީ ދިވެހިރާއްޖެ ތަމްސީލުކޮށްފައެވެ. 

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއަށް ޝަޖަން ހޯދައިދިން ލޯ މެޑަލްއަކީ ދިވެހި ތާރީޚުގައި، ފެތުމުގެ ދާއިރާއިން ދިވެހިރާއްޖެއަށް ލިބުނު ފުރަތަމަ އިންޑިވިޖުއަލް މެޑަލްއެވެ. މީގެ އިތުރުން ޝަޖަން ވަނީ، 2016 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްސްގައި އިތުރު 2 ލޯ މެޑަލް ދިވެހިރާއްޖެއަށް ހޯދައިދީފައެވެ. 

މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން ބެޗްލަރ އިން ސްޕޯރޓްސް މެނޭޖްމަންޓުން ޑިގްރީ ހާސިލް ކުރައްވާފައިވާ ޝަޖަން، ބެލްޖިއަމްގައި މާސްޓަސް ފުރިހަމަ ކުރެއްވީ، ސްޕޯރޓްސް އެތިކްސް އެންޑް އިންޓަގްރެޓީންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް