ads
ނަދީމްގެ މަރުގެ މައްސަލައިގައި ދައުވާ ކުރާ މީހުން
ނަޑޭގެ މަރަށް ތުހުމަތު ކުރެވޭ މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާ ފަށަނީ
މީގެ ހައެއްކަ އަހަރު ކުރިން ޓާމިނަލް ކެފޭގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީ ނަދީމް އިބްރާހިމް މަރާލި މައްސަލާގައި ދައުވާކުރާ މީހުން ބަންދުކުރަން އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބެލުމަށް ފަށަން ތާވަލުކޮށްފިއެވެ.

ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް (ނަޑޭ) މަރާލި މައްސަލާގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. އޭގެ އިތުރުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށް އުފުލި އެވެ.

މި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، އެދިފައި ވަނީ ޝަރީއަތް ނިމެންދެން އެ އެންމެން ބަންދުކޮށްދިނުމަށެވެ. ހައިކޯޓުގައި ދައުލަތުން އެދިފައިވަނީ އެ އެންމެންގެވެސް ކުށުގެ ރެކޯޑް އޮންނަކަމުން ޝަރީއަތް ނިމެންދެން އެ އެންމެންވެސް ބަންދުކޮށްދިނުމަށެވެ. އެހެންނަމަވެސް އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމީ އެ މީހުން ބަންދު ކުރަން އަމުރު ނެރެދެވެން ނެތް ކަމަށެވެ. ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި ފަށާނެއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބަލަން ފަށާނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ހުސްނުއްސުއޫދާ، ޑރ. އަޒްމިރަލްދާ ޒާހިރު، އަދި މަހާޒް އަލީ ޒާހިރުގެ ބެންޗެކެވެ.

ޓާމިނަލް  ކެފޭ ތެރޭގައި ނަދީމް އިންދައި، މޫނު ނިވާކޮށްގެން ވަން ބަޔަކު އޭނާގެ ބޮލަށް ވަޅިން ހަމަލާދީފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު އެވެ. އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުން އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް