ads
ތޯމަސް މުލާ
ތޯމަސް މުލާ މެންޗެސްޓަރ ޔުނައިޓެޑަށް
ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅޭ ތަޖުރިބާކާރު ފޯވާޑު، ތޯމަސް މުލާ، މެންޗެސްޓަ ޔުނައިޓެޑަށް ބަދަލުވެދާނެ ކަމުގެ ރިޕޯޓްތަކެއް އާއްމުވެއްޖެއެވެ.

އުމުރުން 34 އަހަރުގެ މުލާ، ޔުނައިޓެޑަށް ބަދަލުވެދާނެ ކަމަށް ރިޕޯޓްކޮށްފައިވަނީ އިގިރޭސި ނޫސް - ދަ ސަންއިންނެވެ. ދަ ސަންއިން ބުނެފައިވާ ގޮތުގައި އަންނަ ޖެނުއަރީ ޓްރާންސްފަރގައި މުލާއަށް ޓީމު ދޫކޮށް ދިޔުމުގެ ފުރުސަތު ކްލަބުންވަނީ ދީފައެވެ. އަދި ޔުނައިޓެޑުން އަންނަނީ މުލާ ހޯދުމަށް މަޝްވަރާތައް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ތަޖުރިބާކާރު ފޯވާޑު މުލާއަށް، މި ސީޒަންގައި ބަޔާންއާ އަލަށް ގުޅުނު އިގިރޭސި ކެޕްޓަން، ހެރީ ކޭން ރަނގަޅު ފޯމެއްގައި ހުރުމުން ފުރުސަތު ވަނީ މަދުވެފައެވެ. ކޭން އަންނަނީ ބަޔާންގައި މޮޅު ކުޅުމެއް ކުޅެ އަދި ލަނޑުތައް ޖަހަމުންނެވެ. 

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، މުލާ ހޯދުމަށް ޓެން ހޭގްވެސް ބޭނުންވެއެވެ. އެހެންނަމަވެސް ރަސްމީ ސިފައެއްގައި މުލާގެ ޓްރާންސްފާއާ ގުޅޭ ގޮތުން ދެ ކްލަބުން ކުރެ ކްލަބަކުން އަދި ވާހަކަ އެއް ނުދައްކައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް