ads
ރަޝީދު
ރަޝީދު ނިޔާވީ ފުލުހުންގެ އިހުމާލުން
ހުވަދު އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި، އަބްދުﷲ ރަޝީދު ނިޔާވީ ފުލުހުންގެ އިހުމާލުން ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ނިންމައި، ފުލުހުންނާ ދެކޮޅަށް ދައުވާ ކުރަން ތައްޔާރުވެއްޖެއެވެ.

ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ހުއްޓާ އެރަށު އަބްދުﷲ ރަޝީދު، ނިޔާވީ މިދިޔަ އަހަރުގެ އޮކްޓޫބަރު 25 ވަނަ ދުވަހުއެވެ. 

ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަބްދުﷲ ރަޝީދު ހައްޔަރުކުރީ ޑްރަގް ޓްރެފިއެކިންގެ ތުހުމަތުގަ އެވެ. އާއިލާއިން ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާ ނިޔާވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މެޔަށް ތަދެއް އަރައިގެން ފަރުވާއަށް އެދުމުން ވެސް ފަރުވާ ނުދީ ލަސްކުރުމުންނެވެ.

މި ތުހުމަތާ އެކު އެންއައިސީން ކުރި ތަހުގީގުގައި ފުލުހުންނަށް ކޮށްފައިވަނީ ފަރުވާކުޑަ ކުރުމުގެ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ތުހުމަތު ކަމަށް އެވަނީ އެނގިފައެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް އަދި ހާމަ ނުކުރެއެވެ. އެ މައްސަލާގައި ގިނަ އަދަދެއްގެ ފުލުހުންގެ ބަޔާން ނަގާފައިވީނަމަވެސް ދައުވާކުރަން ފޮނުވީ ކިތައް ފުލުހުންގެ މައްޗަކަށް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.

ރަޝީދު ހައްޔަރުކުރި މި އޮޕަރޭޝަންގައި ފުލުހުން ވަނީ ހޯނޑެއްދޫ އާއި ކައިރި ފަޅުރަށްތަކުގައި ވަޅުލާފައި ހުއްޓާ 82 ކިލޯގެ މަސްތުވާތަކެތި ހޯދައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް