ads
އެމްއެންޔޫގެ ގްރޭޖުއޭޝަނެއްގެ ތެރެއިން - ފޮޓޯ:އެމްއެންޔޫ
ޖަޕާނު ސަރުކާރުގެ ޖޭޑީއެސް ސްކޮލާޝިފަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ޖަޕަނީޒް ގްރާންޓް އެއިޑް (ޖޭޑީއެސް) ގެ ފަރާތުން ދިވެހިރާއްޖެއަށް މި އަހަރު ދޭން ނިންމާފައިވާ މާސްޓާސް ޑިގްރީގެ ހަ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.

ކުރިން މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑިއެއް ކަމަށް ކަނޑައަޅާފައި ވާ ތާރީހަކީ މި ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހެވެ. ނަމަވެސް ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ މި މަހުގެ 24 ވާ އާދިއްތަ ދުވަހުގެ 16:00 އާ ހަމައަށް އިތުރުކޮށްފަ އެވެ.

މި ސްކޮލާޝިޕްތަކަށް ދަރިވަރުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލާޝިޕް ދޭ ފަރާތް ކަމުގައިވާ ޖޭޑީއެސްއިންނެވެ. ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންގެ ހުރިހާ ހަރަދެއްވެސް އެ ފަރާތުން ހަމަޖައްސައިދޭނެ އެވެ.

މި ކޯސްތައް ލިބޭ ފަރާތްތަކުން ކޯހަށް ފުރުމުގެ ކުރިން، ކޯސް ހިންގާ އިންސްޓިޓިއުޓަކީ އެމްކިއުއޭއިން ގަބޫލުކުރާ އިންސްޓިޓިއުޓެއްތޯ އާއި ހޮވިފައިވާ ކޯހަކީ އެމްކިއުއޭއިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފަ އެވެ.

މި ސްކޮލާޝިޕާ ބެހޭ އިތުރު މައުލޫމާތާއި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަންވީ ގޮތުގެ މައުލޫމާތު ޖޭޑީއެސްގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ޖަޕާނުން ރާއްޖެއަށް ވަމުން އަންނަ އެކިއެކި އެހީގެ ތެރެއިން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ތައުލީމީ ދާއިރާ އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް