ads
ހިޔާ ސަރަހައްދުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް: ވިދާޅުވެފައި ވަނީ ފްލެޓުތަކަށް ލިފްޓު އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް - ފޮޓޯ:އާބަންކޯ
ހިޔާ ފްލެޓުތަކަށް ލިފްޓު އިތުރުކުރުމުގެ މަސައްކަތް ފަށައިފިން: ފަޒުލް
ހިޔާ ފްލެޓުތަކަށް ލިފްޓު އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ފަޒުލް މިކަން ހާމަކުރައްވާފައި ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އާބަންކޯގެ އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމާ ގުޅޭގޮތުން ފަޒުލް ވިދާޅުވީ އެކަމާ ގުޅުންހުރި މަސައްކަތްތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުގެ ފުރަތަމަ ދުވަހުން ފެށިގެން އާބަންކޯއިން ކުރަމުން އަންނަ ކަމަށެވެ.

"ލިފްޓުގެ ކަންތަކުގައި އަޅުގަނޑުމެން މަސައްކަތް ފައްޓައިފިން މިހާރު އިނގޭތޯ. 14 ވީކްސްގެ ޕްލެޖެއް ނޫންތޯ މިއީ، މަސައްކަތުގެ ތެރޭގައި ލިސްޓުގައި ހިމެނޭ ކަމެއް ތި ވިދާޅުވަނީ. އަޅުގަނޑުމެން މަސައްކަތް ފައްޓައިފިން. ޑޭ ވަން އިން ފައްޓައިގެން،" - އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެ މަސައްކަތް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާ ހަފުތާ 14 ގެ ތެރޭގައި ވަނީ ހިމަނާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް