ads
ހިޔާ ޓަވަރުތަކެއް: ހިޔާ ފްލެޓުގައި ހިނގި މާރާމާރީ އާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި - ފޮޓޯ:މިހާރު
ހިޔާ ފްލެޓް މާރާމާރީއަކީ އާއިލީ ހަމަނުޖެހުމެއް، އެކަކު ހައްޔަރުކޮށްފި
އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގެ ހިޔާ ފްލެޓުގައި ރޭ ހިނގި މާރާމާރީއަކީ އާއިލީ ހަމަނުޖެހުމެއް ކަމަށާއި އެކަމާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާގައި އޮފިޝަލް މިއަދު ބުނީ ހިޔާ ޓަވަރު ހައެއްގެ އެޕާޓްމަންޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިނުމާ ގުޅިގެން ރޭ ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާއިރު، ހަމަލާގައި އަނިޔާވި 22 އަހަރުގެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށް މީޑިއާގައި އޮފިޝަލް ވިދާޅުވި އެވެ.

މީޑިއާގައި އޮފިޝަލް ވިދާޅުވެފައި ވަނީ މިހާތަނަށް ބެލިބެލުމުން އެނގިފައި ވަނީ އޭނާއަށް ހަމަލާދީފައި ވަނީ އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި ކަމަށެވެ.

ހިޔާގެ ހަ ވަނަ ޓަވަރުގައި މާރާމާރީއެއް ހިނގައި ދިވެހި ފިރެހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ ރިޕޯޓު ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ އިދާރާގެ މީޑިއާ އޮފިޝަލް ބުނެފައި ވަނީ ރޭ 10 ޖަހާކަން ހާއިރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް