ads
ޕީސީބީގެ ރައީސްގެ މަގާމަށް އައްޔަން ކުރެއްވި ހަމްދީ އަގީލް
ޕިސީބީއަށް އައްޔަންކުރި މެމްބަރުންނަށް ހިޔާލު ހޯދަނީ
ޕްރައިވެޓައިޒޭޝް އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އަށް ރައީސް އައްޔަންކުރެއްވި މެމްބަރުންނަށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ރައްޔިތުން މަޖިލީހުން ހުޅުވާލައިފިއެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނީޓަރކޮށް އިވެލުއޭޓްކުރުމަށް އެކުލަވާލާފައިވާ ޕީސީބީއަށް ރައީސް ޑރ. މުއިއްޒު މެމްބަރުން އައްޔަންކުރެއްވީ މިދިޔަ މަހުގެ ތެރޭގައެވެ. 

ޕީސީބީގެ ބޯޑަށް އަލަށް އައްޔަންކުރި މެމްބަރުން

  • ހަމްދީ އަގީލް (ބޯޑުގެ ރައީސް) 
  • އަހްމަދު މުޝްތާގު
  • ލީނާ އަބްދުލްޖަލީލް
  •  މޫސާ ފަތުހީ އާދަމް
  • ހަސަން ޒަރީރު

މަޖިލީހުން ބުނީ މި ފަރާތްތަކަށް ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަމެއް އަންނަ ހޯމަދުވަހުގެ 12:00ގެ ކުރިން އެ އިދާރާއަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި ލިޔުމާއި އީމެއިލުން ޝަކުވާ ހުށައަޅާނީ ޝަކުވާ ހުށައެޅި ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސްގެ އިތުރުން ފޯނު ނަންބަރު އެނގޭނެ ގޮތަށްކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ޕީސީބީގެ ބޯޑަށް އަލުން މެމްބަރުން ރައީސް މުއިއްޒު އައްޔަންކުރެއްވީ އެބޯޑުގެ 5 މެމްބަރެއްގެ ދައުރު ހަމަވެ ޤާނޫނީ ހުސްކަމެއްގެ ތެރޭގައި އޮއްވައެވެ. އަދި އަލަށް އައްޔަންކުރި ބޯޑުން މިހާރު ވަނީ ސަރުކާރުގެ މައި ކުންފުނިތަކަށް އެމްޑީން އައްޔަންކޮށްފައެވެ. 

ޕީސީބީ މިފަހުން ވަނީ އެ ބޯޑުގެ އިދާރީ މަސައްކަތް އެ ބޯޑުގެ މަސްއޫލިޔަތުގެ ތެރެއަށް އަންނަ ގޮތަށް ގާނޫނު އިސްލާހު ކޮށް ދިނުމަށް ވެސް ރައްޔިތުންގެ މަޖިލީހުގައި އެދިފަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް