ads
އައްޑޫ ސިޓީ: އެ ސިޓީގައި ހިނގި ދެ މާރާމާރީ އާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި - ފޮޓޯ:އަލީ އިބްރާހިމް
އައްޑޫގައި ހިނގި މާރާމާރީތަކުގައި ހައްޔަރުކުރި އެކަކު ދޫކޮށްލައިފި
އައްޑޫ ސިޓީގައި ހިނގި ދެ މާރާމާރީ އާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހާއި އާދިއްތަ ދުވަހު އައްޑޫގައި ހިނގި މާރާމާރީގެ ދެ މައްސަލައިގައި ޖުމްލަ 11 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން އެކަކު ދޫކޮށްލީ އިތުރަށް އޭނާ ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމުގައި ފުލުހުން ވަނީ ބުނެފަ އެވެ.

މި ދެ މާރާމާރީގައި ދެ މީހަކަށް ވަރަށް ބޮޑު ޒަހަމްތަކެއް ވަނީ ލިބިފަ އެވެ. މާރާމާރީތަކުގައި އަނިޔާވެ، ހާލު ސީރިއަސްވެފައި ވަނީ އުމުރުން 20 އަހަރުގެ ފިރިހެނަކަށާއި 30 އަހަރުގެ ފިރިހެނަކަށެވެ. އެ ދެ މީހުން މާލޭ ގެނެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ.

އައްޑޫގައި ހިންގި ގޭންގް މާރާމާރީތަކަކާ ގުޅިގެން ފުލުހުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެ ސިޓީގައި މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި އާލާތްތަކެއްވެސް ފުލުހުން ވަނީ ހޯދާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް