ads
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންތަކެއް - ފޮޓޯ:ކޮރަލް ގްލާސް
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގަނީ
ދިވެހިރާއްޖޭގައި ގަވައިދާއި ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން، ހާާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފި އެވެ.

އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނި ގޮތުގައި، މި އޮޕަރޭޝަންތަކުގައި ބިދޭސީންގެ އައިޑެންޓިޓީ އާއި ވިސާ ފާސްކޮށް، އިމިގްރޭޝަން ގާނޫނާއި ހިލާފުވާ ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމަށް މަސައްކަތް ކުރާނެ ކަމުގަ އެވެ.

މިއީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މަދުކުރުމާއި މަސައްކަތް ކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކަންކަން ގަވައިދާ އެއްގޮތަށް ބައްޓަން ކުރުމުގެ މަގުސަދުގައި ހިންގާ އޮޕަރޭޝަނެއް ކަމަށް އެ އިދާރާއިން ބުނެ އެވެ. މީގެއިތުރުން މަސައްކަތްތަކުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކާއި ސަރުކާރުގެ ވުޒާރާތަކާއި ބޭރުގެ އެމްބަސީތަކުގެ އިތުރުން އާންމު ރައްޔިތުންނާއި މިކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާ އެކު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީވެސް މި އޮޕަރޭޝަން ހިންގުމުގެ ބޭނުމެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ، އިމިގްރޭޝަނުގެ ގާނޫނާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި ސައްހަ ހުއްދައެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްޗަށް މި އޮޕަރޭޝަނުގެ ތެރެއިން އިމިގްރޭޝަނުގެ ގާނޫނު ތަންފީޒު ކުރަމުން ދާނެ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރީގެ ސަރުކާރުތަކުގައިވެސް ކޮށްފައިވެ އެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މި މައްސަލައަށް އެދެވޭ ހައްލެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް