ads
އައްޑޫގައި ފުލުހުންގެ އޮޕަރޭޝަންގެ ތެރެއިން
މާރާމާރީއަށް ރެޑީކޮށްފައި ހުރި ތޫނު ހަތިޔާރުތަކެއް ފެނިއްޖެ
އައްޑޫ ސިޓީ ހިތަދޫގައި ގްރޫޕް ހަދައިގެން އެއްވެ އުޅޭ އުސްގަނޑު ބީޗު ސަރަހައްދު ބަލައިފާސްކޮށް، ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ އެހެނިހެން ތަކެތި ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މިތަކެތި ހޯދާފައިވަނީ އުސްގަނޑު ބީޗުގެ އެކި ސަރަހައްދުތަކުގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.އެތަނުން ހޯދި ތަކެތީގެ ތެރޭގައި މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރިކަމަށް ބެލެވޭ ތޫނު ހަތިޔާރު، މޫނު ނިވާކުރުމަށް ބޭނުންކުރާ މާސްކު، އަންގި، އަންނައުނު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަންގައި ހިތަދޫ ޕޮލިސް ސްޓޭޝަން، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް، ސްޕެޝަލިސްޓް އޮޕަރޭޝަންސް އަދި އިންޓެލިޖެންސް ހަރަކާތްތެރިވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އައްޑޫ ސިޓީގައި މި ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހާއި 3 ވަނަ ދުވަހު ހިންގި ގްރޫޕު މާރާމާރީތަކާ ގުޅިގެން، ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ފުލުހުން އަންނަނީ ކުރަމުންނެވެ. އެގޮތުން، ތުހުމަތުކުރެވޭ ގޮތަށް ގްރޫޕު ހަދައިގެން އެއްވެތިބޭ މީހުން ބަލައިފާސްކުރުމާއި އާންމުކޮށް މީހުން އެއްވާ ތަންތަނާއި ގޭބިސީތައްވެސް ފުލުހުންގެންދަނީ ބަލައި ފާސްކުރަމުންނެވެ.

 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް