ads
ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އުމުރުން 25 އަހަރުގެ އިބްރާހީމް ފައިހް ނިޡާމު
ފައިހްގެ މައްޗަށް މީހަކު މެރުމުގެ ދައުވާ އުފުލައިފި
އިބްރާހީމް ފައިހް ނިޒާމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި ފައިހް އަދި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ނޮވެމްބަރު 30 ގައެވެ.

އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ، މި އަހަރުގެ ފެބްރުއަރީ މަހު އެއްރޭ، މުރަނގަ މަގުގައި ހުންނަ "ކްލާސާ" ފިހާރަ ތެރެއަށް ވަދެ އެ ފިހާރަތެރޭގައިހުރި ސ. ހިތަދޫ، އިޒުމީރު، މުހައްމަދު އަހްމަދުދީދީ އަށް ތޫނު ހަތިޔާރުން ހަމަލާދީ ޒަހަމްކޮށްލާފައިވުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ މައްސަލައިގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް