ads
ހުޅުމާލެ ސެންޓަރަލް މޯލް
"ހުޅުމާލޭގައި ކުއްޖަކަށް ހަމަލާ ދިން ކަމެއް ނޭނގެ، މިހާރު މިދަނީ ބަލަމުން"
ހުޅުމާކޭ ސެންޓްރޯ މޯލްގެ ލިފްޓް ތެރޭގައި ފުރާވަރު ކުއަޖަކަށް ހަމަލާ ދީފައިވާ ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރުނު ނަމަވެސް، އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ ‏ރޭ ހުޅުމާލެ ސެންޓްރޯ މޯލް ލިފްޓް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާ ދީފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ މައުލޫމާތާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން އެފަދަ ވާހަކައެއް ފެތުރިފައި ވާތީ އެކަން ހިނގާފައިވޭތޯ ބެލުމަށް، އެކަން ހިނގި ކަމަށް ބުނާ ތަނާއި ސަރަހައްދު ބަލައި، އެފަދަ މައުލޫމާތެއް ލިބިފައިވާ މީހަކު ވޭތޯ ބެލުމަށް އެ ސަރަހައްދުން އާންމުންނާ ސުވާލު ވެސް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އަދި އެ އުމުރުގެ ކުއްޖަކު ފަރުވާ ހޯދަން ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ވެސް ފަރުވާ ހޯދުމަށް ދައްކާފައިވޭތޯ ބެލުމާއި، އެ ސަރަހައްދުން ލިބެން ހުރި ސީސީޓީވީ ފުޓޭޖް ބެލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

މިފަދަ ކަމެއްގެ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.

ފުލުހުން ކުރިން ވަނީ އެ ކުއްޖާއަށް ރޭ ހަމަލާދީފައިވަނީ އެ މޯލްގެ ލިފްޓްތެރޭގައިކަމަށް ބުނެފަ އެވެ. އަދި މިމާރާމާރީ އާ ގުޅިގެން ބަލަންޖެހޭކަންކަން ބަލަމުން އަންނަކަމަށާއި މި ކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެ އިދާރާއަށް ހިއްސާކުރުމަށް ވެސް ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި އޭރު ބުނެފައިވެ އެވެ. އެހެން ނަމަވެސް ފުލުހުން ވަނީ އެ ޕޯސްޓް ފަހުން ޑިލީޓްކޮށްފައެވެ.

ހުޅުމާލޭގައި ކުޑަކުއްޖަކަށް ހަމަލާދީފައިވާ ކަމަށް އަޑު ފެތުރިފައި ވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި މާލެ އާއި އައްޑޫ ސިޓީގައިވެސް ވަނީ މާރާމާރީތަކެއް ހިންގާފައެވެ. އައްޑޫ ސިޓީގައި މިދިޔަ ހަފްތާއިން ފެށިގެން ކުރިޔަށް ދިޔަ ސިލްސިލާ ގްްރޫޕް މާރާމާރީތަކާއި ގުޅިގެން މިހާތަނަށްް 12 މީހަކު ހައްޔަރުކުރި އިރު މީގެތެރެއިން 11 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ބަކީ ހުރި މީހާ ކޯޓުން ވަނީ ދޫކޮށްލާފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް