ads
ނަބާ އަދި ނަބީ
ކަޒަކްސްތާނު މުބާރާތުން ނަބާ ނަބީއަށް ލޯ މެޑަލް
އެސްޕެކްސް ކަޒަކްސްތާން އިންޓަނޭޝަނަލް ސީރީސްގެ އަންހެން ސިންގަލްސް ބައިން ރާއްޖޭގެ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ލޯ މެޑަލް ހޯދައިފި އެވެ.

ކަޒަކްސްތާން މުބާރާތުން ރާއްޖޭގެ އެއްވަނަ އަންހެން ދެބެން ކަމަށްވާ ނަބާ އާއި ނަބީ އަށް ސިންގަލްސް ބައިން ލޯ މެޑަލް ލިބުނީ ސެމީ ފައިނަލަށް ދަތުރުކުރުމުންނެވެ.

ސެމީ ފައިނަލްގައި ނަބާ ކުޅުނީ ފިލިޕީންސްގެ ޑި ގުޒްމާން މިކައެލާ ޖޯއާއާއެވެ. އަދި ސެމީގައި ނަބީ ކުޅުނީ އިންޑިއާގެ އަރުންދަތީ ނާގަރާޖާއާ އެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން މިކައެލާ ހޯދީ ފައިނަލް މެޗު 21-13، 21-17 އިން ކާމިޔާބު ކޮށްގެންނެވެ.

ދާދި ފަހުން ބޮސްޓްވާނާ މުބާރާތުގައި ނަބާ އާއި ނަބީ ވަނީ ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް