ads
އައްޑޫ ސިޓީ ހިތަދޫ
ސޭޓަށް ހަމަލާދިން މީހާ ހައްޔަރަށް ގެންދިޔައިރު އަތުގައި މަސްތުވާތަކެތި
އައްޑޫ ސިޓީ ހިތަދޫގެ ފިހާރައަކަށް ވަދެ ވައްކަން ކުރަން އުޅެ، ސޭޓަށް ވަޅިން ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މިއަދު 15:10 ހާއިރު އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ވައްކަން ކުރަން މީހަކު ވަދެގެން އުޅޭކަމަށް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައިވާކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވި ސޭޓަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އެ މައްސަލައިގައި 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު އޭނާގެ އަތުން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފަހަކަށް އައިސް އައްޑޫ ސިޓީގައި މާރާމާރީތައް ގިނަވެފައިވާތީ ފުލުހުންގެ ހާއްސަ ޓީމެއް ވެސް އަންނަނީ އެ ސިޓީގައޮ ހަރަކާތްތެރިވަމުންނެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް