ads
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު- ފޮޓޯ:ރައީސް އޮފީސް
ސާޖިދާއަށް ހާއްސަ އުސޫލެއް ނުހަދަން: ސީއެސްސީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މޯލްޑިވްސް ފުޑް އެން ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އަށް ހިދުމަތްކުރައްވަން ބޭނުންފުޅުވާތީ، ކޮންޓްރެކްޓް ހަދާފަވަނީ ހާއްސަ އުސޫލެއްގެ ދަށުން ނޫންކަމަށް ސީވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ބުނެފި އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ ސާޖިދާ އެދިވަޑައިގަތީ ދާއިމީ ވަޒީފާގައި ހުންނަވައިގެން ލުއިތަކެއް ދެއްވުމަށްކަމަށެއެވެ. 

 ނާސިހް ވިދާޅުވީ އެގޮތަށް ލުއިތަކެއް ދިނުމަށް ގަވައިދު ތަން ނުދޭތީ އެކަމަށް ހަމައެކަނި އޮތް ގޮތަކީ ވަޒީފާއިން މުސާރަ ނުލިބޭ ގޮތަށް، ކޮންޓްރެކްޓް އުސޫލުން ހިދުމަތް ދިނުން ކަމަށްވާތީ އެގޮތައް ލަފާ ދެއްވާފަވާކަމަށެވެ.

 ގާނޫނީގޮތުން އެކަން އޮތްގޮތް ބެލި އިރު ރައީސްގެ އަނބިކަނބަލުންނަށް ސިވިލް ސާވިސްގެ ވަޒީފާގައި މަސައްކަތް ނުކުރެވޭނެ ކަމަށް ރާއްޖޭގައި މިހާރު ހުރި އެއްވެސް ގާނޫނަކުން މަނާ ނުކުރާކަމަށާއި، އެގޮތުން ކޮންޓްރެކްޓް އުސޫލުން ހިދުމަތް ކުރެއްވުމަށް ސާޖިދާ ނިންމެވީ އަދާކުރައްވަމުން ގެންދެވި ވަޒީފާ އެގޮތުގައި ކުރިއަށްގެންދެވުމަށް ދަތިތަކެއް ހުރުމުން ކަމަށްވެސް ވިދާޅުވިއެވެ.
ސާޖިދާއެކު ހަދާފައިވާ ކޮންޓްރެކްޓުގައިވާ ގޮތުން މަހަކު 40 ގަޑިއިރު ހިދުމަތްކުރަން ޖެހޭއިރު އުޖޫރައެއްގޮތުގައި ގަޑިއިރަކަށް 75 ރުފިޔާގެ އުޖޫރައެއް ކަނޑައަޅާފަވެއެވެ. އެހެންކަމުން ސާޖިދާއަށް މި ކޮންޓްރެކްޓް ދަށުން މަސައްކަތްކޮށްގެން ލިބޭނީ މަހަކު 3000 ރުފިޔާކަމަށް ނާސިހް ވިދާޅުވި އެވެ.

އެއީ ރައީސް އަނބިކަނބަލުންނަށް ވީތީ ހެދި ހާއްސަ އުސޫލެއް ނޫންކަމަށާއި މީގެ ކުރިންވެސް އެ އުސޫލުގެ ދަށުން  މީގެ ކުރިންވެސް ގިނަ މިނިސްޓްރީތަކަށް އެކި މީހުން ހިދުމަތްކޮށްފައިވާކަމަށާއި، މިހާރުވެސް ހިދުމަތް ކުރައްވަމުން ގެންދާކަމަށެވެ.

"އުފެދޭ ސުވާލަކީ މީ ހާއްސަ އުސޫލެއްގެ ތެރެއިން ފަސްލޭޑީއައް ވީމަ ހަމަ ޖައްސާދިން ކަމެއްތޯ ނޫންތޯ. އެހެންނެއްނޫން ސިވިލް ސާވިސްގެ ތެރޭގައި އެހެން މިނިސްޓްރީތަކުގައިވެސް މި އުސޫލުން މަސައްކަތް ކުރާ މުވައްޒަފުންތަކެއް އެބައުޅޭ." ނާސިހް ވިދާޅުވި އެވެ.
މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ވަނީ އެމްއެފްޑީއޭގެ ވަޒީފާގައި ހުންނަވަން ބޭނުންފުޅުވާތީ ސާޖިދާއަށް ވަކި މަގާމެއް އުފައްދައި އެ ވަޒީފާ އަދާކުރެވޭ މާހައުލެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ސިވިލް ސާވިސްގެ ވަރަށް ގިނަ މުވައްޒަފުން ޝަކުވާ ކުރަމުންދާ ކަމަށް ބުނެ ސީއެސްސީ އަށް ތުހުމަތުތަކެއް ކުރައްވާފައެވެ.
33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް