ads
ކުނި މެނޭޖްކުރާ ސާމަނު ގެނައުމަށް އިންޑިއާގެ ކުންފުންޏަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން : ފޮޓޯ / ތިމާވެއްޓާއި ބެހޭ ވުޒާރާ
ކުނިމެނޭޖްކުރާ ސާމާނު ގެންނަން އައު ސަރުކާރުންވެސް ދިނީ އިންޑިއާ ކުންފުންޏަަކަށް
45 ރަށަކަށް ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމަށް ބޭނުންވާ ސާމާނު ގެނައުމަށް އިންޑިއާގެ ކުންފުންޏަކާއި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހަވާލުކޮށްފިއެވެ.

މި މަސައްކަތް އިންޑިއާގެ ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި އެވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ތާރިޤް އިބްރާހީމްއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވަޒީރު ވިދާޅުވީ މީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ 14 ހަފްތާގެ އެޖެންޑާގައި އިސްކަމެއް ދެއްވާފައިވާ ދާއިރާއެއްކަމަށެވެ. 

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ މި ސަމާނު ގެންނަނީ ނ، ރ، ބ އަދި ޅ އަތޮޅުގެ 45 ރަށަކަށްކަމަށެވެ. އަދި މި މަސައްކަތަކީ ވާލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުންް ވުޒާރާއިން ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން ހަރަދުކޮދްގެން ކުރިޔަށް ގެންދށާ މަސައްކަތެއްކަމަށެވެ.. މި ސާމާނު ގެނައުމަށްް 12.9 މިލިއަން ރުފިޔާ ހަރަދުވާނެކަމަށްވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނެއެވެ. 

މި އެއްބަސްވުމުގެ ދަށުން ގެންނަ ސާމާނުގެ ތެރޭގައި މަލްޓި ޕާޕަސް މިނީ ބޭލަރ، ބިއްލޫރި ފުޅި މުގުރާ މެޝިނާ، ސްޓްރެޕިންގ ޓޫލ،ް ކުނި އުފުލަމަށް ބޭނުންކުރާ ހޭންޑް ޓްރަކް ޓްރޮލ،ީ ހައިޑްރޯލިކް ހޭންޑް ޕެލެޓް ޓްރަކް ހިމެނެއެވެ. މިހުރިހާ ތަކެތި 4 މަސްދުވަހުގެތެރޭގައި ގެނެސް ނިންމަންޖެހޭނެކަމަށްވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނެއެވެ. 

your imageކުނި މެނޭޖްކުރާ ސާމަނު ގެނައުމަށް އިންޑިއާގެ ކުންފުންޏަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން : ފޮޓޯ / ތިމާވެއްޓާއި ބެހޭ ވުޒާރާ

އަލަށް ގެންނަ މި ސާމާނުތައް ހަވާލުކުރާނީ މިހާރު ކުންޏާއި ވަސީލަތް މެނޭޖްކުރާނެ މަރުކަޒެއް ހުރި، ނުވަތަ އެފަދަ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަަތް ކުރަމުން ނުވަތަ އަޕްގްރޭޑް ކުރަމުން އަންނަ ރަށްތަކާއި ނުވަތަ ބީލަން މަރުހަލާގައި އޮތް ރަށްްތަކަށްކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނެއެވެ. 

މި ތަކެތި ރަށްތަކަށް ފޯރުކޮށްދީ ނިމުމުން ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ގާބިލުކަން އެ ރަށްރަށަށް ލިބިގެންދާނެކަމަށް ވުޒާރާއިން ބުނެއެވެ. އަދި ރަށުގައި އުފެދޭ ކުނިތައް މަރުކަޒަށް ގެނެސް ދަނގަޑާއި ޕްލާސްޓިކް އަދި ކަރުދާސް ފަދަ ކުނި ބޭލްކޮށް، ވޮލިއުމް މަދުކޮށް ރަށުން ބޭރުކުރެވެންދެން ރައްކާކޮށް ބެހެއްޓުމުގެ ގާބިލުކަން ލިބިގެންދާނެކަމަށްވެސް އެވުޒާރާއިން ބުނެއެވެ. މީގެއިތުރުން ބިއްލީރި ފުޅިފަދަ ތަކެތި މެޝިނުން މުގުރާ އެތަކެތި އެހެން ކަންކަމަސް ބޭނުންކުރުމުގެ ފުރސަތު ލިބިގެންދާނެކަންވެސް ވުޒާރާއިން ފާހަގަކުރެއެވެ. 

ރަށްރަށުގައި ކުނި އުފުލުމަށް ބޭނުންވާ އުޅަނދުތައް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށާއި މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްވެސް މި ތަކެތި ފޮނުވާނެކަމަށްވެސް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް