ads
އެޑްވައިޒަ ޓު ދަ މިނިސްޓަ އޮފް ފިނޭންސްގެ މަގާމަށް އައްޔަންކުރެއްވި ނަސީރު - ފޮޓޯ:ރައީސް އޮފީސް
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުންނަށް މިނިސްޓަރުންގެ ފެންވަރުގައި މުނައްވަރާއި ނަސީރު
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް މިނިސްޓަރުންގެ ފެންވަރުގައި ދެ ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް މުއިއްޒު، އެޑްވައިޒަ ޓު ދަ މިނިސްޓަ އޮފް ފިނޭންސްގެ މަގާމަށް، އަހުމަދު ނަސީރު، މުސްތަރީގެ، ކ. މާފުށި އަދި އަހުމަދު މުނައްވަރު، ދަފްތަރު ނަންބަރު ރސ 99031 މިއަދު އައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވާފައިވާ ކަމަށެވެ.

މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވާފައި ވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

މި ދެބޭފުޅުން އެޑްވައިޒަ ޓު ދަ މިނިސްޓަ އޮފް ފިނޭންސްގެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ މިނިސްޓަރުންގެ ފެންވަރުގައި ކަަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނެފައި ވަނީ ދެ ބޭފުޅުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަޒީރުންނަށް ބޭނުންވާ މާލީ އިރުޝާދު ދިނުން ހިމެނޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް