ads
އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން ވަގުތީ ގޮތުން އެ ގައުމުގެ ސަރުކާރުން ވަނީ މަނާކޮށްފައި - ފޮޓޯ:އެސްޓީއޯ
މިިދިޔަ ހަފްތާ އެންމެ ގިނައިން އެތެރެކުރީ ފިޔާ
މާލޭގެ ބާޒާރުގައި ފިޔަލުގެ އަގު އުފުލިފައި ހުރި ނަމަވެސް މިދިޔަ ހަފްތާގައި ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރީ ފިޔާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްޕީއެލުން ބުނީ މިމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި 1702 ކޮންޓެއިނަރުގެ މުދާ ރާއްޖެއަށް ބާލާފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 20 ފޫޓްގެ 586 ކޮންޓެއިނަރާއި 40 ފޫޓްގެ 558 ކޮންޓެއިނަރެވެ. 

ރާއްޖެއަށް އެތެރެކުރި މުދަލަށް ބަލާއިރު އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކުކުޅު ބިހެވެ. ބިހުގެ 10821 ކޭސް ވަނީ ރާއްޖެ އެތެރެކޮށްފައެވެ. ދެން އެންމެ ގިނައިން އެތެރެކޮށްފައިވަނީ ފިޔަލެވެ. މިިދިޔަ ހަފްތާގައި އެކަނިވެސް 7515 ބަސްތާ ފިޔާވަނީ ރާއްޖެ އެތެރެކޮށްފައެވެ. ތިންވަނައަށް ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކަރަލެވެ. ކަރާގެ 5000 ވުރެ ގިނަ ޕެކޭޖްވަނީ ރާއްޖެ އެތެރެކޮށްފައެވެ. 

އިންޑީއާއިން ފިޔާ އެކްސްޕޯޓްކުރުން ހުއްޓާލަން ނިންމުން މާލޭގެ ބާޒާރުގައި ފިޔާގެ އަގު ބޮޑުތަނުން އުފުލި ބަސްތާއެއްގެ އަގު 900 ރުފިޔާއަށްވުރެ މައްޗަށް އެރިއެވެ. 

ބަޒާރުގައި ފިޔާގެ އަގު ބޮޑުވުމުން އާއްމުންނަށް އުދަގޫވާ ގޮތަށް އަގު ބޮޑުނުކުރުމަށް ވިޔަފާރިއާ ބެހޭ ވުޒާރާއިންް ވަނީ އެދިފައެވެ. އަދި ރާއްޖެއަށް ދަތިނުވެ ފިޔާ ލިބޭނެކަމުގެ ޔަގީންކަންވެސް އެ ވުޒާރާއިން ވަނީ ދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް