ads
މަންޑޭ އޭނާގެ އަންހެނުންނާއެކު
މަންޑޭއާ ދެކޮޅަށް 200 ދައުވާ އުފުލައިފި
ކޭ-ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާ ގައި މއ. އެރަލްސީ، ހަސަން މަމްދޫހް – މަންޑޭއާ އަދި އިތުރު މީހެއްގެ މައްޗަށް 200 އަށްވުރެ ގިނަ ދައުވާ އުފުލައިފިއެވެ.

ކޭޕާކް މައްސަލައިގައި މަންޑޭއާއެކު ދެން ދައުވާ ކުރަނީ، ރ. އަލިފުށި ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށެވެ.

ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި މި ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ހީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ފުލުހުން ތަހުގީގު ފުރިހަމަކޮށް ހުށަހަޅާފައިވާ ގެއްލުން ލިބުނު 51 މީހުންނާ ގުޅިގެން ކަމަށެވެ.

ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅާފައިވާ ދައުވާ ތަކުގެ ތަފްސީލް

  • މަމްދޫހްގެ މައްޗަށް، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 (ތިނެއް) ދައުވާ
  • މަމްދޫހްގެ މައްޗަށް، ޓެކުމުގެ ކުށުގެ 50 (ފަންސާސް) ދައުވާ
  • މަމްދޫހްގެ މައްޗަށް، އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށުގެ 50 (ފަންސާސް) ދައުވާ
  • މަމްދޫހްގެ މައްޗަށް،މަނީ ލޯންޑްރިންގ ގެ ކުށުގެ 1 (އެކެއް) ދައުވާ
  • ޖައިޝާން ސަޢީދުގެ މައްޗަށް، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 (ތިނެއް) ދައުވާ
  • ޖައިޝާން ސަޢީދުގެ މައްޗަށް، ޓެކުމުގެ ކުށުގެ 20 (ވިހި) ދައުވާ
  • ޖައިޝާން ސަޢީދުގެ މައްޗަށް، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 27 (ހަތާވީސް) ދައުވާ
  • ޖައިޝާން ސަޢީދުގެ މައްޗަށް، އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށުގެ 47 (ސާޅީސް ހަތެއް) ދައުވާ
  • މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ 1 (އެކެއް) ދަޢުވާ

ޕީޖީ އޮފީހުން ބުނި ގޮތުގައި މި ދައުވާތަކުގެ ތެރެއިން މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ %95 ހިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްހަނޫން ސޮއި ކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސްއަށް ހުށަހަޅާފައިވާތީއެވެ.

މިހާރު ހުށަހަޅާފައިމިވާ 201 (ދުއިސައްތަ އެކެއް) ދައުވާއާ ގުޅިގެން ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށްވެސް މި ދައުވާތަކުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް